Advertisement

ގްރީސް އާއި ތުރުކީގެ ބޯޑަރު ކައިރިން ފެނުނު ރެފިއުޖީންތަކަކާ މެދު ކަންބޮޑުވުން

17 އޮކްޓޯބަރު 2022 - 06:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރެފިއުޖީން ތިބީ އޮރިޔާންކޮށްފައި. -- ފޮޓޯ: ގްރީސްގެ މައިގްރޭޝަން މިނިސްޓަރު


ގްރީސް އާއި ތުރުކީގެ ބޯޑަރު ކައިރިން ފެނުނު ރެފިއުޖީންތަކަކާ މެދު ކަންބޮޑުވުން

17 އޮކްޓޯބަރު 2022 - 06:34 0

ގްރީސް އާއި ތުރުކީގެ ބޯޑަރު ކައިރިން، އަންނައުނު ބާލައި ބަރަހަނާކޮށްފައި ތިބި 92 ރެފިއުޖީ ފިރިހެނުން ފެނުނު މައްސަލައިގައި އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރެފިއުޖީންތައް ތިބި ހާލަތާ މެދު އެއް ގައުމު އަނެއް ގައުމަށް ދަނީ ތުހުމަތު ކުރަމުންނެވެ. ގްރީސްއިން ބުނީ އެކަން ކުރީ ތުރުކީއިން ކަމަށާއި އެއީ "ލަދުވެތި" އުޅުމެއް ކަމަށެވެ.

ތުރުކީއިން އެ ތުހުމަތު ދޮގުކޮށް ބުނީ ގްރީސްއިން "އަނިޔާވެރިވަމުންދާ" ކަމަށެވެ. އދ. ގެ ރެފިއުޖީ އެޖެންސީން ގޮވާލީ އެކަން ހިނގި ގޮތުގެ ތަހުގީގެއް ހިންގުމަށެވެ.

ގްރީސްގެ ފުލުހުން ބުނީ 92 ރެފިއުޖީ ފިރިހެނުން ސަލާމަތް ކުރީ ހުކުރު ދުވަހު ތުރުކީ ބޯޑަރު ކައިރިން ކަމަށެވެ. އެ މީހުން ތިބީ ބަރަހަނާ ހާލަތުގައި ކަމަށާއި ބައެއް މީހުންނަށް އަނިޔާވެފައި ހުރި ކަމަށް ބުންޏެވެ.

ގްރީސްގެ ފުލުހުންނާއި އީޔޫގެ އޮފިޝަލުން ބެލި ބެލުމުން ރެފިއުޖީންތައް ދަތުރު ކުރީ ތުރުކީއިން ރަބަރު ޑިންގީތަކުގައި ކޯރެއް ހުރަސް ކުރުމަށް ފަހު އެވެ.

ގްރީސްއިން ބުނީ އެ މީހުންގެ ހަށިގަނޑު ނިވާކުރަން ވަގުތުން ހެދުން ފޯރުކޮށްދިން ކަމަށާއި ކާބޯތަކެއްޗާއި ބޭސް ފަރުވާ ވެސް ފޯރުކޮށްދިން ކަމަށެވެ.

އެ ރެފިއުޖީންނަށް އެ ހާލަތު ދިމާވި ގޮތެއް ސާފެއް ނޫނެވެ. އެ ގްރޫޕްގައި ގިނައިން ތިބީ އަފްގާނިސްތާނާއި ސީރިއާއަށް ނިސްބަތްވާ މީހުންނެވެ.