Advertisement

ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކުރަން ޖެހޭ: ރައީސް

16 އޮކްޓޯބަރު 2022 - 22:17 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ރާއްޖޭގެ ދަނޑުވެރިކަމުގެ މޮޑެލްއަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކުރަން ޖެހޭ: ރައީސް

16 އޮކްޓޯބަރު 2022 - 22:17 1

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ހަމައެކަނި ހައްލަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކޮށް ބޭނުންވާ މިންވަރަށް ތަކެތި އުފެއްދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ އަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަސް ކަމަށްވާއިރު މިއަދަކީ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހެވެ. ކ. ކާށިދޫގައި ދަނޑުވެރިންގެ ދުވަސް ބޭއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ.

"މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ފުޑް ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޯވިޑް-19ގެ ބަލިމަޑުކަން. މިއަދު އޮތް ހުރަހަކީ ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ. މިފަދަ ކޮންމެ ލޮޅުމަކާއެކު، ކާނާގެ ރައްކާތެރިކަމަށް އެތައް ހުރަސްތަކަކާއި ދަތިތަކެއް އެބަ ކުރިމަތިވޭ. މިއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދުނިޔެ ތަރައްގީވެ އެކްސްޕޯޓު އިމްޕޯޓުގެ ކަންކަން ކުރިއަރައި ދިޔައިރު ވެސް އެއްވެސް ގައުމަކަށް އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ކާނާ ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަށް އެ ޔަގީންކަން މާ ބޮޑަށްވެސް ކުޑަ. ހައްލަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކުރުން. ހާއްސަކޮށް ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ ދަނޑުވެރިކަން ފުޅާކުރުން،" ރައީސް މިރޭ ވިދާޅުވި އެވެ.

އަދި، އެފަދަ 17 ބާވަތެއްގައި ރާއްޖޭގައި ހައްދަމުންދާ ކަމަށާއި އެގޮތުން، ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް އަލަށް ދޫކުރާ ރަށްތަކުގެ 30 އިންސައްތަ ބިމުގައި، އެ 17 ބާވަތުގެ ތަރުކާރީ އާއި މޭވާ ހައްދަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި، ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނި، އެގްރޯނެޓުން އެއްބަސްވުން ހަދާފައިވާ ދަނޑުވެރިން އުފައްދާ، އެ 17 ބާވަތުގެ ތަރުކާރީ އާއި މޭވާ، އެ ކުންފުނިން ގަނެ ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން ކާށިދޫ އާއި، ނ. ލަންދޫ، ނ. މާފަރު، ނ. މަނަދޫ އަދި ލ. އިސްދޫގައި ދަނޑުވެރިކަމުގެ އާ މޮޑެލެއްގެ ދަށުން ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއެކު، އެއް ލައްކަ އަކަފޫޓުގެ ބިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަން ވެސް މިރޭ ރައީސް އިއުލާނު ކުރެއްވި އެވެ.

ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް މިއަދު އަމާޒު ހިފާފައިވަނީ އޯގަނިކް ފާމިންއަށް. ކެމިކަލްތައް ދޫކޮށް، ތަބީއީ ކާނާއިން ދަނޑުވެރިކަން ކުރުމަކީ އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް އިސްކަން ދޭންވީ ކަންތައް،" ރާއްޖޭގެ ދަނޑުވެރިކަމުގެ މޮޑެލްއަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.