Advertisement

36 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

16 އޮކްޓޯބަރު 2022 - 17:51 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދިޔަވަމުންދާ ސަފާރީއަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެނީ--- ފޮޓޯ: އެމްއެންޑީއެފް


36 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

16 އޮކްޓޯބަރު 2022 - 17:51 0

ޖުމުލަ 36 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ދިޔަވަމުންދަނީ "އެމްވީ އެމްޕެރާ ވޮޔޭޖާ" ނަމަކަށް ކިޔާ ސަފާރީއެކެވެ. މިއަދު މެންދުރު ދިޔަވާންފެށި އެ ސަރާފީ އޭރު އޮތީ ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު އެތެރޭގަ އެވެ. \

އެމްއެންޑީއެފުން ބުނީ އެ ސަފާރީ ދިޔަވާކަމަށް މައުލޫމާތު ލިބިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ސަފާރީގައި ތިބީ 22 ފަތުރުވެރިންނާއި 14 ފަޅުވެރިންން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބާ ކްރާފްޓް 113" ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި އެ ސަފާރީން ދިޔަހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.