Advertisement

ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން 2500ރ. ގެ ވައުޗަރެއް!

17 އޮކްޓޯބަރު 2022 - 08:07 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި ޕުރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި އެކައުންޓު ހުޅުވުމަށް ހާއްސަ ކުރެވިފައިވާ ކައުންޓަރުތައް ބީއެމްއެލްގެ ސެންޓަރުތަކުގައި ހުންނާނެ -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން 2500ރ. ގެ ވައުޗަރެއް!

17 އޮކްޓޯބަރު 2022 - 08:07 0

ބީއެމްއެލް ނުވަތަ ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން ނަސީބުވެރި 50 ފަރާތަކަށް 2500ރ. ގެ ވައުޗަރެއް ލިބޭ ޕުރޮމޯޝަނެއް ފަށައިފި އެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ އޮކްޓޯބަރު 16 އިން ނޮވެމްބަރު 16 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ބީއެމްއެލް އިސްލާމިކް ނުވަތަ ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓެއް ހުޅުވާ ކޮންމެ ފަރާތެއް ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރި ކުރެވޭނެ އެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި އެންމެ ފުރަތަމަ ކިޑްސް ސޭވާ އެކައުންޓު ހުޅުވާ 1500 މީހުންނަށް 200ރ. ގެ ޑިޕޮސިޓެއް ހަދިޔާ ކުރާނެ އެވެ. އޭގެ އިތުރުން އަލަށް ކިޑްސް ސޭވާ އެކައުންޓު ހުޅުވާ ފަރާތްތަކަށް ރީލޯޑު ކޮށްލެވޭ ކާޑު، ހުށަހެޅުމުން ހިލޭ ލިބޭނެ އެވެ.

މި ޕުރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި އެކައުންޓު ހުޅުވުމަށް ހާއްސަ ކުރެވިފައިވާ ކައުންޓަރުތައް ބީއެމްއެލްގެ ސެންޓަރުތަކުގައި ހުންނާނެ އެވެ. އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށްޓަކައި މި މަހުގެ 29 ވަނަ ދުވަހު ބީއެމްއެލް އެކައުންޓު އޯޕަނިން ސެންޓަރާއި ބީއެމްއެލް އިސްލާމިކް ބުރާންޗު ހުޅުވާފައި ހުންނާނެ އެވެ.

އެދުވަހު އެކައުންޓު ހުޅުވުމަށް ކުރިއާލައި އެޕޮއިންޓުމަންޓެއް ބޭނުމެއް ނުވާނެ އެވެ.

ބީއެމްއެލްގެ މުވައްޒިފުންނަށް ވެސް ބައިވެރިވެވޭ މި ޕްރޮމޯޝަނުގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ އެ ބޭންކުގެ މުވައްޒިފުންނާއި ކަސްޓަމަރުންގެ ބައި ވަކީންނެވެ. ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާނީ 40 ފަރާތެކެވެ. މުވައްޒިފުންގެ ތެރެއިން 10 ފަރާތެކެވެ.