Advertisement

މިދިޔަ މަހު ތެލުގެ އިމްޕޯޓަށް ކުރި ހޭދަ ބިލިއަނަކާ ގާތަށް!

16 އޮކްޓޯބަރު 2022 - 12:28 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް --- ފޮޓޯ: މުހައްމަދު ޝާބިން/ އަަދަދު


މިދިޔަ މަހު ތެލުގެ އިމްޕޯޓަށް ކުރި ހޭދަ ބިލިއަނަކާ ގާތަށް!

16 އޮކްޓޯބަރު 2022 - 12:28 0

ފާއިތުވީ ސެޕްޓެމްބަރު މަހު ތެޔޮ އިމްޕޯޓު ކުރުމަށް ކުރި ހޭދަ ބިލިއަނަކާ ގާތް ކުރާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން މަހަކު އެއްފަހަރު ނެރޭ އިމްޕޯޓް އެކްސްޕޯޓް ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 958 މިލިއަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކުރި އެވެ. އޭގެ ކުރީ މަހު ރާއްޖެ އެތެރެކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާގެ ތެލެވެ.

ތެޔޮ އިމްޕޯޓުކުރަން ކުރާ ހޭދަ ނިސްބަތުން ދަށަށް ދިޔަ ނަމަވެސް, މި އަހަރުގެ ކުރީކޮޅު ހުރި އަގުތަކާ އެއްވަރަށް އަދިވެސް އަގުތައް ނުވެއްޓޭތީ، ފުރަތަމަ ކުއާޓަރުގެ ތިން މަހާ އަޅާ ބަލާއިރު އަދިވެސް ތެޔޮ އިމްޕޯޓަށް ކުރާ ހޭދަ ބޮޑެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތިން މަހުގެ އެވަރެޖު ހުރީ 785 މިލިއަން ރުފިޔާގަ އެވެ.

ތެޔޮ އިމްޕޯޓުކުރަން ކުރާ ހޭދަ - 2022

  • ޖެނުއަރީ - 722 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 863 މިލިއަން ރުފިޔާ
  • މާޗް - 770 މިލިއަން ރުފިޔާ
  • އޭޕްރިލް - 1.6 ބިލިއަން ރުފިޔާ
  • މޭ - 1 ބިލިއަން ރުފިޔާ
  • ޖޫން - 1.3 ބިލިއަން ރުފިޔާ
  • ޖުލައި - 919 މިލިއަން ރުފިޔާ
  • އޮގަސްޓު - 1.3 ބިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ތެލުގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަަބަބުން ދުނިޔޭގެ އިގުތިސޯދަށް އައި ކުއްލި ޝޮކުގަ އެވެ.

ކަސްޓަމްސްގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެ އެތެރެ ކުރި މުދަލުގެ އަގު 27 ޕަސެންޓު އިތުރުވެފައިވާއިރު، އެކްސްޕޯޓުކުރި މުދަލުގެ އަގު ހުރީ 166 މިލިއަނުގަ އެވެ. އެއީ ހަތަރު ޕަސެންޓުގެ ދަށް ވުމެކެވެ.