Advertisement

ހުޅުމާލެ އެޕޯލޯ ޓަވަރުގައި އެޗްސީޔޫގެ މާޓެއް ހުޅުވައިފި

12 އޮކްޓޯބަރު 2022 - 17:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި މިއަދު ހުޅުވުނު އެޗްސީޔޫ މާޓުގެ ދެވަނަ ފިހާރަ. މި ފިހާރަ ހުންނަނީ ފިތުރޯނު މަގުގައި ހުންނަ އެޕޯލޯ ޓަވަރުގެ ތިރީ ފަންގިފިލާގައި. -- ފޮޓޯ: އެޗްޑީސީ


ހުޅުމާލެ އެޕޯލޯ ޓަވަރުގައި އެޗްސީޔޫގެ މާޓެއް ހުޅުވައިފި

12 އޮކްޓޯބަރު 2022 - 17:05 0

ހުޅުމާލެ ޔޮޓު މެރީނާ ކުރިމަތިން ފިތުރޯނު މަގުގައި ހުންނަ އެޕޯލޯ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައި އެޗްސީޔޫގެ ފިހާރައެއް ހުޅުވައިފި އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ގެއަށް ބޭނުންވާ ސާމާނު އެއްތަނަކުން ލިބޭ އެޗްސީޔޫ މާޓު ހުރީ، އެޕޯލޯ ޓަވަރުގެ ކޮމާޝަލް ޔުނިޓު 11439-G-04 އެވެ.

މިއީ، ރިސޯޓުތަކަށް ހައުސްހޯލްޑު މުދާ ސަޕްލައިކުރާ ކުންފުނި، ހޮޓެލްކެއާ އަންލިމިޓެޑު (އެޗްސީޔޫ) އިން މާލެ ސަރަހައްދުގައި ހުޅުވި ދެވަނަ ފިހާރަ އެވެ. އެ ކުންފުނީގެ ފުރަތަމަ ފިހާރަ މިދިޔަ އަހަރު ހުޅުމާލެ ފޭސް ދޭއްގައި ވަނީ ހުޅުވާފަ އެވެ.

ހުޅުމާލެ ޔޮޓު މެރީނާ ކުރިމަތިން ހުންނަ އެޕޯލޯ ޓަވަރުގައި ހުޅުވި އެޗް.ސީ.ޔޫ މާޓު -- ފޮޓޯ: އެޗްޑީސީ


އެޗްސީޔޫ ގެ މެނޭޖިން ޑިރެކްޓަރު ގައްޒާމް މުހައްމަދު ބުނީ، ކެއްކުމުގައި ބޭނުންކުރާ ތަރުކާރީ އާއި ކުކުޅުއިން ފެށިގެން، ރީތިވާ ސާމާނާއި ގޭތެރެ އާއި ފާހާނާ ސާފުކުރަން ބޭނުންވާ ސާމާނު ލިބެން ހުންނަ އެ ފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ގެއަށް ބޭނުންވާ ސާމާނު ވީހާވެސް ފަސޭހައިން އެއް ތަނަކުން ލިބޭނެ މަގު ފަހި ކޮށްދިނުން ކަމަށެވެ.

ހާއްސަކޮށް ނެއިބާހުޑުގެ ފަރާތްތަކުން ރިކުއެސްޓު ކުރާ ގިނަ ސާމާނުތައް އެވެއިލެބެލްކޮށް ބެހެއްޓޭތޯ މަސައްކަތް ކުރަމުން ދާނީ، - ގައްޒާމް

އެ ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށް ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޗްސީޔޫ ގެ ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް ލިސްޓު ފޮނުވާލުމުން، ގެއަށް ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ. އަދި ފިހާރައިން ލިބެން ނެތް އެއްޗެއް، ކަސަޓަމަރުން ރިކުއެސްޓު ކޮށްލުމުން ފިހާރައިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ވިސްނުން ވެސް އެ ކުންފުނިން ގެންގުޅެ އެވެ.

އެޕޯލޯ ޓަވަރުގައި އަލަށް ހުޅުވުނު އެ ފިހާރައާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ސާމާނު ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.