Advertisement

މިދިޔަ ހަފްތާގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

13 އޭޕްރީލް 2024 - 23:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މިދިޔަ ހަފްތާގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

13 އޭޕްރީލް 2024 - 23:11 0

އެޕްރިލް، 5 ގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލުޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެފައި ވަނީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވެފައި ވަނީ ރޭދުވާ، ދ. ކުޑަހުވަދޫ، މުހައްމަދު ވިޝާލް، 18 އެވެ.

އޭނާގެ ޖަނާޒާ އޮންނާނީ މިރޭ 12:00 ޖަހާއިރު ހުޅުމާލޭގެ މަސްޖިދު ޒައިދު ބިން ޘާބިތް (ސަހަރާ މިސްކިތް) ގަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9393351 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.