Advertisement

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

24 އޭޕްރީލް 2024 - 15:18 0


ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

24 އޭޕްރީލް 2024 - 15:18 0

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް އަޅަން ޗައިނާގެ ކުންފުންޏަކާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ ވެއާހައުސް ކޮމްޕްލެކްސް އަޅަން ހަވާލު ކުރީ ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ ކަމަށެވެ. އެއީ ހޮންކޮންގުގައި ރަޖިސްޓްރީކޮށްފައި އޮންނަ ކުންފުންޏެކެވެ.

އެޗްޑީސީން އާންމު ކުރި ބަޔާނެއްގައި ބުނީ ވެއާހައުސް ކޮމްޕްލެކްސް އިމާރާތް ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށެވެ. އެގޮތުން ވެއާހައުސް އިމާރާތް ކުރާނީ "އޮޓަމޭޓެޑް ވެއާހައުސް މެނޭޖްމަންޓް ސިސްޓަމް" އަކާ އެކީ ކަމަށް އެޗްޑީސީން ބުންޏެވެ.

ވެއާހައުސް ކޮމްޕްލެކްސް އިންނާނެ ގޮތުގެ ކުރެހުމެއް


ވެއާހައުސް ކޮމްޕްލެކްސް އިމާރާތް ކުރާނީ ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ގޮތަށެވެ. އަދި އޮފީސް ޖާގަ އާއި ޝޯރޫމް ހިމެނޭ އިމާރާތެއް ވެސް އެ ކޮމްޕްލެކެސްގައި ހަދާނެ އެވެ.

ދެ އަހަރު ދުވަހުން އިމާރާތްކޮށް ނިންމަންޖެހޭ އެ ވެއާހައުސް ކޮމްޕްލެކްސްގެ ސަބަބުން އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވި އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއްވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ މީގެ ކުރިން ވެސް ސަރުކާރުން ވަނީ ޕްރޮޖެކްޓުތަކެއް ހަވާލުކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގެ ކޯ ލިވިން ސްޕޭސް އިމާރާތް ކުރުމުގެ ޕްރޮޖެކްޓާއި ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭނެ އިމާރާތެއް އިމާރާތް ކުރުމާއި ސާފިން އެރީނާއެއް ބިނާ ކުރުމުގެ ޕްރޮޖެކްޓު ހިމެނެ އެވެ.