Advertisement

ޕީޓް މޮންޑްރިއަންގެ ކުރެހުމެއް 50 މިލިއަން ޑޮލަރަށް

8 އޮކްޓޯބަރު 2022 - 20:46 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕީޓް މޮންޑްރިއަންގެ ކުރެހުމެއް. -- ފޮޓޯ: ސޮދެބީޒް


ޕީޓް މޮންޑްރިއަންގެ ކުރެހުމެއް 50 މިލިއަން ޑޮލަރަށް

8 އޮކްޓޯބަރު 2022 - 20:46 0

"އެބްސްޓްރެކްޓް" އާޓްގައި އެންމެ މަގްބޫލް ކުރެހުންތައް އުފައްދާފައިވާ ޕީޓް މޮންޑްރިއަންގެ އަގުހުރި ކުރެހުމެއް 50 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށް ބެލެވިއްޖެ އެވެ.

"ކޮމްޕޮޒިޝަން ނަންބަރު ދޭއް" ގެ ނަން ދީފައިވާ އެ ކުރެހުން ބިޑަށް ހުށަހަޅައި ވިއްކާލުމުގެ މަސައްކަތް ސޮދެބީޒް އޯކަޝަން ކުންފުނިން ފަށާނީ ނޮވެމްބަރު 14 ގަ އެވެ.

އެ ކުރެހުމުގައި ހިމެނެނީ ނުލާއި ރަތް އަދި ހުދާއި ރީނދޫ ކުލައިގެ ގޮޅިތަކެކެވެ. ސޮދެބީޒްއިން ބުނާ ގޮތުގައި އެއީ ޕީޓް މޮންޑްރިއަންގެ އެންމެ ފާހަގަކުރެވޭ އެއް އުފެއްދުމެވެ.

"ޕީޓް މޮންޑްރިއަންގެ މިކަަހަލަ އުފެއްދުންތައް ބިޑަކާ ހަމައަށް އަންނަނީ ވަރަށް މަދުން. އެއީ ގިނަ އުފެއްދުންތައް ބޮޑެތި މިޔުޒިއަމްތަކުގައި ރައްކާކޮށްފައި ހުރުމުން،" ސޮދެބީޒްގެ އޮފިޝަލަކު ބުންޏެވެ.

ޕީޓް މޮންޑްރިއަން 1930 ވަނަ އަހަރު އުފެއްދި އެ އާޓްވޯކް އެންމެ ފުރަތަމަ ބިޑަކަށް ލައިގެން ވިއްކާލީ 1983 ގަ އެވެ. ކުރެހުމުގެ ކަނާއަތް ފަޅިން މަތީގައި ބޮޑު ރަތް ގޮޅިއެއް ހިމެނޭ ތިން އާޓްވޯކެއް އޭނާ ހެދި އެވެ. މިއީ އޭގެ ތެރެއިން އެއް އާޓްވޯކެވެ. އަނެއް ދެ އާޓްވޯކް މިއަށް ވުރެ ކުޑަ އެވެ. އެ ދެ އާޓްވޯކް ހުރީ މިޔުޒިއަމެއްގަ އެވެ.

ނެދަލޭންޑްސަށް އުފަން ޕީޓް މޮންޑްރިއަން 1912 ވަނަ އަހަރު ޕެރިސްއަށް ބަދަލުވީ ޕަބްލޯ ޕިކާސޯ އާއި ޖޯޖެސް ބްރާކް ފަދަ ފަންނުވެރިންގެ މަސައްކަތްތަކަށް އޮތް ޝައުގެއްގެ ބޮޑުކަމާ ހެދި އެވެ.

ޕެރިހުގައި "އެބްސްޓްރެކްޓް" ކުރެހުންތައް ފެށި އެވެ. އޭނާގެ ގިނަ އާޓްވޯކްތަކުގައި ހުންނަނީ ގޮޅި އާއި ރޮނގެވެ. އޭނާގެ މަސައްކަތްތަކަށް މަގްބޫލުކަން އިތުރުވެ، 1940 އާއި 1950 ގެ އަހަރުތަކުގައި "އެބްސްޓްރެކްޓް" އާޓް އިތުރަށް ފުޅާވި އެވެ.