Advertisement

ތިން އެވޯޑެއް ލިބުނު ކިލާ މައިކް ގްރެމީ އެވޯޑްގައި ހުއްޓާ ހައްޔަރުކޮށްފި

6 ފެބުރުވަރީ 2024 - 07:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތިން އެވޯޑެއް ލިބުނު ރެޕަރު ކިލާ މައިކް ގްރެމީ އެވޯޑްގައި ހުއްޓާ ހައްޔަރުކުރުން -- ފޮޓޯ: މިރާ


ތިން އެވޯޑެއް ލިބުނު ކިލާ މައިކް ގްރެމީ އެވޯޑްގައި ހުއްޓާ ހައްޔަރުކޮށްފި

6 ފެބުރުވަރީ 2024 - 07:28 0

ގްރެމީ އެވޯޑުގައި ތިން އެވޯޑު ލިބުނު މަޝްހޫރު ރެޕަ މައިކަލް ސެންޓިއާގޯ ރެންޑާ (ކިލާ މައިކް) އެވޯޑު ހަފްލާގައި ހަފުލާގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމެރިކާގެ ލޮސް އެންޖެލެސްގައި ބޭއްވި ގްރެމީ އެވޯޑް ހަފްލާއިން ކިލާ މައިކް ހައްޔަރު ކޮށްގެން ގެންދިޔައީ ފަހަތަށް ބިޑި އަޅުވައިގެންނެވެ. އޭނާ ހައްޔަރުކުރި ސަބަބެއް މިހާތަނަށް ލޮސް އެންޖެލެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިލާ މައިކް ހައްޔަރު ކޮށްފައި ވަނީ ޖިނާއީ ކުށެއް ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާ ހައްޔަރުކުރީ ގްރެމީ އެވޯޑާ ގުޅުން ހުރި ކަމެއްގައި ނޫން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކިލާ މައިކް ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ބައެއް މީހުން އޭނާ ދޫކޮށްލަން ވެސް ގޮވާލަމުންދިޔަ އެވެ. ނަމަވެސް އެ ވަގުތު ހަފުލާގައި ތިބި ސެކިއުރިޓީން ވަނީ އެތަނުގެ އަމާންކަން ކަށަވަރުކޮށްފަ އެވެ.

ކިލާ މައިކް އާއި އޭނާގެ ޓީމުގެ "ސައިންޓިސްޓް އެންޑް އިންޖިނިއާސް" ލަވަ ވަނީ ގްރެމީ އެވޯޑްގެ އެންމެ މޮޅު ރެޕް ލަވައިގެ އިތުރުން އެންމެ މޮޅު ރެޕް ހުށަހެޅުމުގެ އެވޯޑް ލިބިފައެވެ. އޭނާގެ "މައިކަލް" އަލްބަމަށް ވަނީ އެންމެ މޮޅު ރެޕް އަލްބަމްގެ އެވޯޑް ވެސް ލިބިފަ އެވެ.

އުމުރުން 48 އަހަރުގެ ކިލާ އެންމެ ފުރަތަމަ އަލްބަމަކަށް ލަވަ ކިޔައިދީފައި ވަނީ 2000 ވަނަ އަހަރެވެ. އެއަށްފަހު އޭނާ ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ހަ އަލްބަމެއް ނެރެފައެވެ.