Advertisement

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވިލާ އެއާގެ އަގު ވަޒަންކޮށް, ހަނދާނީ ފިލައެއް އަރުވައިފި

3 އޮކްޓޯބަރު 2022 - 18:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވިލާ އެއާގެ ބޯޓެއް: އެ ކުންފުނިން ހިދުމަތް ދެމުން އަންނަތާ މިހާރު 11 އަހަރުވެއްޖެ -- ފޮޓޯ: ފައިލް


ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވިލާ އެއާގެ އަގު ވަޒަންކޮށް, ހަނދާނީ ފިލައެއް އަރުވައިފި

3 އޮކްޓޯބަރު 2022 - 18:35 0

ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން، ވިލާ އެއާއިން ދެމުން ގެންދާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް ޓޫރިޒަމް މިނިސްޓަރީގެ ފަރާތުން އެކުންފުންޏަށް ހަނދާނީ ފިލައެއް އަރުވައިފި އެވެ.

މީގެ 11 އަހަރު ކުރިން 2011 ވަނަ އަހަރުން ފެށިގެން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ ވިލާ އެއާ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕުރައިވެޓް އެއާލައިން އެވެ. އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތަކުގެ ހިދުމަތްތައް ދެމުންދާ ވިލާ އެއާގެ ފަރާތުން އެ ފިލައާ ހަވާލުވެލެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ވިލާ އެއާއަށް އެރުވި ހަނދާނީ ފިލައާ ބެހޭގޮތުން އެކުންފުނީގެ ސުޓުރެޓެޖިކް މެނޭޖަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ރެގިއުލޭޓަރާއި ސިވިލް އޭވިއޭޝަން ރެގިއުލޭޓަރުގެ ފަރާތުން އެކުންފުންޏަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމަށް ވިލާ އެއާގެ ފަރާތުން ޝުކުރުވެރިވާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އެކުންފުނިން ދެމުން ގެންދާ ހިދުމަތަށް 11 އަހަރު ފުރިފައިވާއިރު އެކުންފުނިން ހާސިލު ކޮށްފައިވާ ކަންތައްތަކާއި މެދު ފަހުރުވެރިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، ދަތުރުފަތުރު ކުރުމުގެ ދާއިރާއަށާއި، ދިވެހިރާއްޖޭގެ އިގުތިސާދަށް މި ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެމުންދާ ހިދުމަތްތަކާމެދު ފަހުރުވެރިވަން،" އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓާއި ރައްޓެހި މަތިންދާ ބޯޓުތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ވިލާ އެއާއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފަސޭހަކަމާއެކު އަތްފޯރާ ފަށުގައި އެކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކުންފުނިން ހިދުމަތް ހޯދާ ފަރާތްތަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހިދުމަތް ކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.