Advertisement

ލީބިޔާގައި ބޮޑު ވަޅުގަނޑަކުން 42 މީހުންގެ ހަށިގަނޑު ފެނިއްޖެ

3 އޮކްޓޯބަރު 2022 - 06:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މީގެ ކުރިން ގިނަ ބަޔެއްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭޕީ


ލީބިޔާގައި ބޮޑު ވަޅުގަނޑަކުން 42 މީހުންގެ ހަށިގަނޑު ފެނިއްޖެ

3 އޮކްޓޯބަރު 2022 - 06:50 0

އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕުން ކުރިން ކޮންޓްރޯލް ކުރި ލީބިޔާގެ ސިރްތޭ ސިޓީގައި ބޮޑު ވަޅުގަނޑަކުން 42 މީހުންގެ ހަށިގަނޑު ފެނިއްޖެ އެވެ.

އެ ވަޅުގަނޑު ހުރީ ކުރިން ސްކޫލެއް ހިންގި ބިމުގަ އެވެ. އެ ތަނުން 42 ހަށިގަނޑު ފެނުނު އިރު، އެއީ ކޮން ބަޔެއް ކަމެއް ނޭނގެ އެވެ. އެ މީހުންގެ ޑީއެންއޭ ސާމްޕަލް މިހާރު ވަނީ ނަގާފަ އެވެ.

އައިއެސްއިން ސިރްތޭ ހިފައިގެން އުޅުނީ 2015 އާއި 2016 އާ ދެމެދުގަ އެވެ. ލީބިޔާގެ ފައުޖުތަކުން އައިއެސް އެ ގައުމުން ފައްސާލީ ޑިސެމްބަރު 2016 ގަ އެވެ.

އޭގެ ފަަހުން އޮކްޓޯބަރު 2017 ގައި ސިރްތޭ ކައިރިން ވަޅުގަނޑަކުން 21 މީހުންގެ ހަށިގަނޑު ފެނުނެވެ. އެ އެންމެންނަކީ ވެސް ކޮޕްޓިކް ކްރިސްޓިއަނުންނެވެ.

ޑިސެމްބަރު 2018 ގައި ސިރްތޭ ކައިރިން ފެނުނު އިތުރު ވަޅުގަނޑަކުން 34 މީހުންގެ ހަށިގަނޑު ފާހަގަވި އެވެ. އެ މީހުންނަކި އިތިއޯޕިއާގެ ކްރިސްޓިއަނުންނެވެ.