Advertisement

ލީބިޔާގައި ފެންބޮޑުވެ 5،300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

14 ސެޕްޓެންބަރު 2023 - 09:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރެސްކިއު ޓީމުތަކުން ލީބިޔާގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ


ލީބިޔާގައި ފެންބޮޑުވެ 5،300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

14 ސެޕްޓެންބަރު 2023 - 09:09 0

ލީބިޔާގެ ދެރްނާ ސިޓީގައި ފެންބޮޑުވެ 5،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ލީބިޔާގެ އިރުމަތީގައި ވެރިކަން ކުރާ ސަރުކާރުގެ މިނިސްޓަރު ހިޝާމް ޗްކިއުއާތު ވިދާޅުވީ "ހުއްޓުމެއް ނެތި މޫދުން ހަށިތައް ފެންނަމުންދާ" ކަމަށެވެ.

މަރުވި މީހުންގެ ހަށިތައް ވަޅުލުމުގެ މަސައްކަތް ކުރަމުންދާ އިރު، ލީބިޔާއަށް އިންސާނީ އެހީ އިތުރު ކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ރިޕޯޓުތަައް ބުނާ ގޮތުން ބޮޑު ސުނާމީއެއް ގޮތަށް ރާޅު އަރައި، އާދީއްތަ ދުވަހު ދެރްނާ ސިޓީގައި ފެންބޮޑުވީ ތޫފާން ޑެނިއެލްގައި ކޯރެއްގެ ޑޭމް ފަޅައިގެން ގޮސްގެންނެވެ.

ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ފެނޭތޯ ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ އެވެ.

އޮފިޝަލުން ބުނީ 10،000 މީހުން ގެއްލިފައިވާ އިރު، 30،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ. މަރުވި މީހުންގެ އަދަދު ގިނަކަމުން ހޮސްޕިޓަލްތަކާއި މޯޗަރީތައް ވަނީ ފުރިބާރުވެފަ އެވެ.

ޑޮކްޓާޒް ވިތައުޓް ބޯޑާޒްއިން ބުނީ އެ ޖަމިއްޔާގެ ޑޮކްޓަރުންގެ ޓީމްތައް ބުރާސްފަތި ދުވަހު ލީބިޔާއަށް ދަތުރު ކުރާނެ ކަމަށެވެ.