Advertisement

ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ހެޔޮ ބަދަލު ފެންނަން އަދި ވަގުތު ނަގާނެ: މިނިސްޓަރު

28 ސެޕްޓެންބަރު 2022 - 10:24 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ: އެކަމަނާ ވިދާޅުވީ، މުދައްރިސުންގެ މުސާރަ ބޮޑުކުރުމުގެ ވަކި ވަކި ބަދަލު ފެންނުނަސް، މުޅި ދާއިރާއަށް އައި ބަދަލު ފެންނަން އަދި ދުވަސް ނަގާނެ ކަމަށް ފޮޓޯ/ މަޖިލިސް


ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ހެޔޮ ބަދަލު ފެންނަން އަދި ވަގުތު ނަގާނެ: މިނިސްޓަރު

28 ސެޕްޓެންބަރު 2022 - 10:24 0

ޓީޗަރުންގެ މުސާރައަށް ގެނެވުނު ބަދަލާއެކު މުޅި ތައުލީމީ ދާއިރާއަށް އައި ކުރިއެރުންތައް ދެނެގަންނަން އަދި ވަތުކޮޅެއް ނަގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދާ ޖަލްސާގައި، ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން، ތައުލީމީ ދާއިރާއަށް އައި އެދެވޭ ބަދަލުތައް ދެނެގަންނަން އަދި މާ އަވަސް ކަމަށެވެ.

އެހެން ނަމަވެސް ކުރިއާ އަޅާ ކިޔާއިރު، ޓީޗަރުންގެ މޯޓިވޭޝަނަށް ބަދަލު އައުމާއި، ދިމާވެ، ވާހަކަ ދެކެވޭ މުދައްރިސުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ކޮމެންޓު ތަކުންނާއި، ދާއިރާއަށް އަލަށް ވަންނަން ޝައުގުވެރިކަން ފާޅުކުރާ މީހުންގެ އަދަދަށް އިތުރުވުމެއް އަންނަކަން ފާހަގަކުރެވިފައިވާތީ، މުސާރަ ބޮޑުކުރުމުގެ ސަބަބުން އެކަންކަމަށް ހެޔޮ ބަދަލު އައިސްފައިވާކަން ގަބޫލުކުރެވޭ ކަމަށެވެ.

"ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މި ސަރުކާރުން ހެދި ދިރާސާއެއް. އޭގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތައް... ދިރާސާކުރެވެމުން ދިޔައިރު، އެއަށް ބަލައި އަދި ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މުސާރަ ވަނީ ބޮޑުކޮށްފައި. އެ ބަދަލާއެކު ދާއިރާއަށް ވަންނަ ދިވެހި މުދައްރިސުންގެ ދާއިރާއަށް ގުޅެން ބޭނުންވާ މީހުން ގިނަވިކަން ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަތަކަށް އިންގިލާބީ ބަދަލެއް ގެނެސް އައު މުސާރައިގެ އޮނިގަނޑު ސަރުކާރުން އިއުލާނުކުރީ މޭ މަހުގެ އެއް ވަނަ ދުވަހު އެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ދޭ މުސާރައާ އިނާޔަތްތައް ބޮޑުކުރުމަށް ނިންމައި، ގެނެވުނު އެ ބަދަލުގެ ދަށުން، ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ މުސާރަ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ގާތްގަނޑަކަށް 50 ޕަސެންޓަށް މި ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ މުސާރައަށް ކުރިއެރުން ގެނެސްފައިވެ އެވެ.