Advertisement

މަނަފަރު ރިސޯޓުން ގާނޫނާ ހިލާފަށް ވަކިކުރި 29 މުވައްޒަފަކަށް ބަދަލުދޭން އަމުރުކޮށްފި

25 ސެޕްޓެންބަރު 2022 - 22:57 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން


މަނަފަރު ރިސޯޓުން ގާނޫނާ ހިލާފަށް ވަކިކުރި 29 މުވައްޒަފަކަށް ބަދަލުދޭން އަމުރުކޮށްފި

25 ސެޕްޓެންބަރު 2022 - 22:57 0

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމާ އެ މުވައްޒަފުންނަށް ބަދަލުދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު މަނަފަރު ރިސޯޓުގެ މާލީ ހާލަތު ދަށްވެ ރިސޯޓުގެ ބައެއް ކަންކަން ރީސްޓްރަކްޗާ ކުރުމުގެ އިތުރުން ބައެއް މަގާމުތައް އުވާލަން ޖެހިފައިވާ ކަމަށް މެނޭޖްމަންޓުން މުވައްޒަފުންނަށް އެންގުމުން، އެކަމާ ގުޅިގެން ރިސޯޓުގެ މުވައްޒަފުން އޭރު ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއްވެސް ކުރި އެވެ.

މުސާރައާއި އިނާޔަތްތައް ގާނޫނާ ހިލާފަށް އުނިކުރުމަށްފަހު ރިޑަންޑަންސީގެ ހާލަތު މެދުވެރިވެފައިވާކަމަށް ބުނެ އެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ވަޒީފާއާބެހޭ ޓްރިބިއުނަލުން ބަލާ ނިންމާފައި ވާއިރު އޭގައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ 29 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.

"އެހެންކަމުން ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން އެމީހުންގެ ވަޒީފާގެ މުއްދަތު ހަމަވެފައިވާ މީހުންނާއި، މިހާރު އެހެން ވަޒީފާއެއް ހަމަޖެހިފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް އަނބުރާ ވަޒީފާ ދިނުމަށް އަންގަން،" ޓްރިބިއުނަލުން ބުންޏެވެ.

ޓްރައިބިއުނަލުން ވަނީ އެ އެންމެނަށް ގާނޫނާ ހިލާފަށް އުނިކޮށްފައިވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށާއި ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދިނުމަށްފަހު އެކަން ޓްރައިބިއުނަލަށް އެންގުމަށް ވެސް އަމުރުކޮށްފަ އެވެ.