Advertisement

ރައީސް، މިއަދު ފާސްކުރި ގްރީން ޓެކްސް އިއާދަކުރާ ބިލު ތަސްދީގުކުރައްވައިފި

21 ސެޕްޓެންބަރު 2022 - 19:02 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮޓޯ/ރައީސްއޮފީސް


ރައީސް، މިއަދު ފާސްކުރި ގްރީން ޓެކްސް އިއާދަކުރާ ބިލު ތަސްދީގުކުރައްވައިފި

21 ސެޕްޓެންބަރު 2022 - 19:02 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓޫރިޒަމް ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މިއަދުގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، އެ ޤާނޫނުގެ 11 ވަނަ އިސްލާހުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ވެސް މި ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނު ތަސްދީގުކުރުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި އަމަލުކުރަން ފެށިފައެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނަގާނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.