Advertisement

ވައިގޮޅިން ވެއްޓުނު ދަގަނޑު ނޭފަތުން ވަދެގެން ބަނޑާ ހަމައަށް

17 ސެޕްޓެންބަރު 2022 - 14:13 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ދަގަނޑެއް ވެއްޓި މީހެއްގެ ގަޔަށް ހެރުނު ހާދިސާ ހިނގި އިމާރާތް: އަނިޔާވި މީހާއަށް ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލުގައި -- އަދަދު ފޮޓޯ


ވައިގޮޅިން ވެއްޓުނު ދަގަނޑު ނޭފަތުން ވަދެގެން ބަނޑާ ހަމައަށް

17 ސެޕްޓެންބަރު 2022 - 14:13 2

ހ. ޒާހަމްގައި ހަދަމުން އަންނަ 10 ބުރީގެ އިމާރާތުގެ ހަވަނަ ފަންގިފިލަޔަށް ، އެ އިމާރާތުގެ ވައިގޮޅިން ނަގަން އުޅުނު ދަގަނޑުތަކެއް ދޫވި ވަގުތު މަސައްކަތްތެރީންގެ އެކަކު ހުރީ ވައިގޮޅިން މަތިބަލާށެވެ. ހަފޫޓު ދިގު ދަގަނޑުބުރިއެއް އެވަގުތު އައިސް ވަނީ އޭނާގެ ގަޔަށެވެ.

"އެއީ ހަފޫޓު ދިގު ދަނގަޑުބުރިއެއް. އޭނާގެ ނޭފަތުން ފެށިގެން ކަރުތެރެއިން ލާފައި އެތެރެހައްޓަށް ހުރީ ފޯރާފައި. ބޭރަށް ހުރީ ދެފޫޓެއްހާތަން،" ހާދިސާ ހިނގި އިރު އެތަނުގައި ހުރި މަސައްކަތްތެެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވައިގޮޅިން ވާޖަހައިގެން މައްޗަށް ނަގަމުން ދިޔަ ދަނގަނޑުތައް ފައިބައިގަތީ ކީއްވެކަމެއް ނޭނގެ އެވެ. އެވަގު ވައިގޮޅިން މައްޗަށް ބަލައިލެވުމަކީ މަސައްކަތްތެރިޔާއަށް ހެދުނު ގޯހެކެވެ.

ދަގަނޑުތައް ފައިބައިގަތީ ކިތައް ވަނަ ފަންގިފިލަޔާ ހިސާބުން ކަމެއް ވެސް އޭނާ ބުނީ ނޭނގޭ ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދަގަނޑު ހެރުނު ފަހުން ވެސް އޭނާގެ ހޭ ހުއްޓެވެ. ހޮސްޕިޓަލަށް ގެންދަން އުޅުނު އިރު އޭނާ ހުރީ ވެސް ކޮޅަށެވެ.

ދަގަނޑު ހެރުނު މީހާގެ ހަށިގަނޑުން ފޭބި ލޭ ހާދިސާ ހިނގި ސަރަހައްދުގައި: އަނިޔާވި މީހާގެ ހާލަތު މާ ސީރިއަސް ނޫން ކަމަށް ކުންފުނިން ބުނޭ -- ފޮޓޯ: އަދަދު


ފުލުހުން ބުނީ ހެންވޭރުގައި ހަދަމުން އަންނަ އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް ހިނގި އެ ހާދިސާގައި ދަގަނޑު ހެރުނީ ބިދޭސީއެއްގެ ގަޔަށް ކަމަށެވެ. ދަނގަނޑު ހެރުނީ އެމީހާގެ މޫނަށް ކަމަށް ވެސް ބުންޏެވެ.

އޭޑީކޭގެ ސީއީއޯ އަހުމަދު އަފްއާލް "އަދަދު"އަށް ވިދާޅުވީ ދަނގަޑެއް ހެރިގެން ގެނައި މީހާއަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ހ. ހާޒަމްގައި ހަދާ 10 ބުރީގެ އިމާރާތުގެ މަސައްކަތް ކުރަމުން އަންނަނީ އާރްސީސީ އިންނެވެ. އެ ކުންފުނީގެ ޑެޕިއުޓީ އެޗްއާރް މެނޭޖަރު އަހުމަދު ސާލިމް "އަދަދު" އަށް ވިދާޅުވި ގޮތުގައި އެކުންފުނީގެ ސައިޓެއްގައި މިއަދު ހިނގި ހާދިސާ، ހިނގީ ކިހިނެތްތޯ އެކުންފުނިން އަންނަނީ ބަލަމުންނެވެ. އެ ހާދިސާގައި ޒަހަމްވި މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ޗިސްމޭގެ ސާޖަރީއެއް ކުރުމަށްފަހު މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.