ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

(ނުވަވަނަ ބައި)

"ކަންކަން ބަދަލުވެގެން ދާނީ ކަންކަމާ މެދު ހިޔާލުފާޅުކޮށް މަޝްވަރާ ވެސް ކޮށްގެން،" ފުން ނޭވާއެއް ބޭރުކޮށްލަމުން އަހަރެން ބުނެލީމެވެ. "ކަމެއް މެދުވެރިވާއިރަށް ވިސްނައިލުމެއް ފިކުރުކޮށްލުމެއް ނެތި ރުޅި އިސްކުރުމުން ކަންކަން ވާނީ ހައްތަހާ ގޯސް."

"ރަޔާން ތިގޮތަށް ވިސްނާހާ ހިނދެއްގައި ކަމެއް ޝެއަރކޮށްގެން ވާނެ ކަމެއް އޮންނާނެތަ؟" އާމިރާ ހިޔާލު ބަދަލުވަމުންދާކަން ހާމަވި އެވެ.

Advertisement

"ފަހަރެއްގައި ވެސް އަހަރެން މި ބުނި އެއްޗެއް ގޯސްކޮށް ނުވިސްނާތި. އަހަރެން މި ބުނެދިންހާ ވެސް ވާހަކައަކީ ކަންކަން ހަމައަކަށް އެޅޭނީ ކަންކަމާމެދު ވިސްނާ މަޝްވަރާކޮށްގެންނޭ."

"ދެން ތި މައުލޫގައި އަހަރެން ދައްކާނެ ވާހަކައެއް ނެތް." އާމިރާގެ ދެ ތުންފަތުން ފޫހިކަމުގެ ނިޝާންތައް ފާޅުކޮށްލި އެވެ.

ދެން ދިޔައީ ދިގު ދެމިގެން ދިޔަ ހިމޭންވަގުތު ކޮޅެކެވެ. އެ ވަގުތުގެ ދިގުމިން އެތައް އިރަކަށް ދެމިގެން ދިޔަ އެވެ. އިސްވެ އެއްޗެއް ބުނާނީ ކާކުކަން ނޭނގިފައި ދެ މީހުންނަށް ވެސް ތިބެވުނީ އެވެ.

ފާޑަކަށް ބޮލަށް އުނދަގޫ ވާގޮތްވާން ފެށުމުން އަހަރެން އެނދުގައި ދިގު ދެމިލީމެވެ. މަޑުމަޑުން އެނދުގައި އޮށޯވެލީމެވެ. މޭމަތީގައި ހުރަހަށް ބާލީހެއް ބާއްވާލީމެވެ. އެއަށްފަހު ނިތްކުރިއަށް އަތްހިއްލައިލެވުނެވެ. ފުން ހިޔާލުތަކެއްގެ ތެރެއަށް ގެނބިމަރުވާން ފެށި އެވެ. މާޒީގެ އެތައް ހަނދާންތަކެއް އަހަރެން ގޮވައިގެން އުދުހިގަތެވެ. ރަށުގެ ތުނޑިއާ ދިމާއަށެވެ.

ފަޒާގެ ތެރޭގައި އުދުހެމުން ނަށަމުން ދިޔައީ ގަދަ ނޫކުލައިގެ މަޑިއަކާއި ރަން ރީނދޫ ކުލައިގެ ގުޑި އެކެވެ. އިރުއިރު ކޮޅަށް ރާރާ އަޅުވާލަމުން ގުޑި ނަށައިލަ އެވެ. ގުޑީގެ ނަގޫ ތަޅުވާލަމުން ރާޅުބާނީ ހަރަކާތްތަކެއް ކޮށްލަ އެވެ.

"ދެން ދޮންބޭ!"

ޝަކުވާގެ އަޑާއެކު ތުއްތު ކުއްޖެއްގެ އަޑުން މުޅި މާހައުލު ގުގުމައިލި އެވެ. އެ އަޑާއެކު ތަންކޮޅެއް ބަރު އަޑެއް އިވުނެވެ. އެ އަޑުގައި ހުރީ އުފާވެރިކަމެވެ. ހީނހީނފައި ހޯބޯ ލަވައިލާ އަޑެވެ. އެއީ އަހަންނާއި ދޮންބެ އެވެ. ދެމީހުންގެ ޅައިރުގެ އުފާވެރި މަންޒަރެކެވެ.

"ރަން ގުޑި ތޯ، ނޫ ގުޑި ތޯ!" ރާގު އަޅުވާލަމުން ދޮންބެ އަހަންނާ ދިމާކޮށްލި އެވެ.

"ރަން ގުޑި ޔޯ." އަހަރެން ޖަވާބުދިނީމެވެ.

"ރަން ގުޑިތޯ، ނޫ ގުޑި ތޯ!" އަނެއްކާ ވެސް ދޮންބެ ސުވާލެއްގެ ގޮތަށް އެ ބަނދި ތަކުރާރުކޮށްލި އެވެ.

"ރަން ގުޑި ޔޯ،" ގުޑިއަށް ބަލަހައްޓައިގެން ހުރެ ވަޒަނަކަށް އެއް ހަމަކުރަމުން ރާގު އަޅުވާލައިފާ އެ ބަނދި ކިޔައިލީމެވެ. "ހެލިހެލި ހުރެ ނެށި ގުޑިއޯ، ރަން ގުޑިއޯ ރަންގުޑިއޯ، ނަށަން ކެރޭ ރަން ގުޑިއޯ."

ތިންވަނަ ފަހަރަށް ވެސް ދޮންބެ އެ ބަންޖެއް ތަކުރާރުކޮށްލި އެވެ. ޖަވާބުގެ ބަދަލުގައި އަހަރެން ބަލައިލީ ދޮންބެގެ މޫނަށެވެ. އޭނާ ހިނިތުންވެލި އެވެ. ބަދަލުގައި އަހަރެން ވެސް ހިނިތުންވެލީމެވެ. ދެން އެ ފެށުނީ ކަންތަކެވެ.

ދޮންބެ ދުއްވާގަތީ އަހަންނާ ދިމާއަށެވެ. އަހަރެން ދުއްވާގަތީ ތުނޑީ ކޮޅާ ދިމާއަށެވެ. އަތް މައްޗަށް ހިއްލައިގެންނެވެ. ގުޑިއަށް ވާ ގޮތް ބަލަމުންނެވެ. ދޮންބެ ވެސް ދުއްވާގަތީ ކަނާއަތް މައްޗަށް ހިއްލައިލަމުން ޝަހާދަތް އިނގިލި ވެސް ހިއްލައިލައިގެން ހުރެ އެވެ. ގުޑީގެ ބަރަނިން ޝަހާދަތް އިނގިއްޔަށް ބާރުކޮށްލަމުންނެވެ.

ދޮންބެ އުޅުނީ ތޯޅުވާށެވެ. އަމާޒަކަށް ހެދީ އަހަރެންގެ ގުޑި ކަނޑައިލުމެވެ. އަހަރެން އެ ފުރުސަތު ދޭން ބޭނުން ނުވާތީ ދުއްވާގަތީ އެވެ. އަހަރެންގެ ގުޑީގެ ކުލައަކީ ރަންކުލަ އެވެ. ދޮންބެގެ ގުޑީގެ ކުލައަކީ ގަދަ ނޫ ކުލަ އެވެ. ދޮންބެ އެ ކިޔާ ބަނދީގައި އަހަނީ ދެ ގުޑީގެ ތެރެއިން މޮޅުވާނީ ކޮން ގުޑިއެއް ހެއްޔެވެ؟ ތިން ފަހަރު އެހުމުން ވެސް އަހަރެންގެ ޖަވާބަކަށް ހެދީ މޮޅުވާނީ އަހަރެންގެ ރަން ގުޑިކަމެވެ. އެހެންވެ ދޮންބެ ބޭނުންވީ އެއީ ދޮގެއްކަން ސާބިތުކޮށްދޭށެވެ.

ގުޑި ތޯޅުވުމަށް ޓަކައި އޭނާ ބޭނުންވީ އަހަރެންގެ ގުޑިއާ ކައިރިއަށް ދޮންބެގެ ގުޑި ގެންނާށެވެ.

އަހަރެން އެ ފުރުސަތު ދޭން ބޭނުން ނުވާތީ ދުވަން ފެށީ އެވެ. ގުޑި ކަނޑައިގެން ހިނގައްޖެ ނަމަ ގުޑީގެ ދުވަސްދާނެ އެވެ. ވައި ޖެހެނީ ހުޅަނގުންނެވެ. އަހަރުމެން މި ތިބީ އިރުމަތީ ފަރާތު އަތިރި މަތީގަ އެވެ. މިހާރު ވެސް ގުޑި އޮތީ ފަޅާ ދިމާ މަތީގައެވެ. އެހެންވީމަ ގުޑި ވެއްޓޭނީ ރަށުގެ ފަޅު ތެރެއަށެވެ.

ގައިގަ ހުރި ބާރެއް ލައިފައި އަހަރެން ދުއްވާގަތީމެވެ. އެކި ފަހަރު ސަމާލުކަން ދެވެނީ އެކި ކަންކަމަށެވެ. އެއްފަހަރު ގުޑިއަށެވެ. އަނެއްބައި ފަހަރު ކުރިމައްޗަށެވެ. ކަކުނި ހޮރުން ފުރިފައިވާ ދޮންވެލި ތުނޑިއަށެވެ. ހޮރަކަށް ފައި މެހި ވެއްޓިދާނެތީ އެވެ. އިރުއިރުކޮޅާ ދޮންބެއާ ދިމާއަށް ބަލައިލެވެނީ ސަލާމަތްވާން ކުރާން ޖެހޭ މަސައްކަތް ވަޒަންކޮށްލަން ބޭނުންވާތީ އެވެ.

އެންމެފަހުން ހުރިހާ ކަމެއް އެއްފަހަރާ މެދުވެރި ވެއްޖެ އެވެ. އެންމެ ފުރަތަމަ ވެސް ދިމާވީ އެންމެ ނާޒުކު ކަންތަކެވެ.

އާއެކެވެ. ކަކުނި ހޮރަކަށް ފައި މެހި ބަނޑުވަތަށް އަހަރެން ވެއްޓުނީ އެވެ. މޫނު ގޮސްވަނީ ވެލިގަނޑަށެވެ. އެއާއެކު ބަރަނި އަތުން ދޫވީ އެވެ. އަވަސްއަވަހަށް ތެދުވެވޭތޯ ބެލީމެވެ. މުޅި މޫނުގައި ހުރީ ވެއްޔެވެ. ދޮން ވެއްޔެވެ. ލޯ ހުޅުވާލަން ވެސް ނުކުރުނެވެ. މުޅި އަނގަތެރެއަށް ވެސް ހުރީ ވެލި އެޅި ފުރިފަ އެވެ. އަނގައިގައި ހުރީ ލޮނު ރަނހަ އެއްވެފަ އެވެ. އެހެންވެ ދޫ ވެސް ބޭރުކޮށްލެވުނެވެ. އަނގައިން ކުޅާއެކު ސޮނިތައް ބޭރަށް ފައިބަމުން ދާކަމުގެ އިހުސާސް ވެސް ކުރެވުނެވެ.

ލޮލަށް ފާޑެއްގެ ގޮތެއް ހަދައިލެވުނެވެ. ކޮންމެ ވެސް ވަރަކަށް ލޯ ހުޅުވާލެވޭތޯ ބެލީމެވެ. އެއާއެކު ފުލެޝް ލައިޓެއްގެ ވިދުން ލޮލުތެރެއަށް ވަދެގެން ދިޔަ އެވެ. އަވަސްއަވަހަށް މޫނު ފޮހެލީމެވެ.

ރުޅިވެރިކަމާއެކު އަހަންނަށް ބަލައިލެވުނީ ދޮންބެގެ މޫނަށެވެ. ދޮންބެ ގުދަށް އޮވެގެން ހީނހީނ އަވަދިވަނީ އެވެ. ބަނޑުގައި އަތްއަޅައިގެން އޮވެގެންނެވެ. އަހަންނާ ދިމާއަށް ފޯނު ދިއްކުރަމުންނެވެ.

ކުއްލިއަކަށް އަހަރެންގެ މޫނުގައި މީހެއްގެ އިނގިލިތައް ޖެހުނުހެން ހީވެގެން ބަލައިލީމެވެ. އަހަންނަށް ލޯ މެރުނެވެ. އެ ހިމަ އިނގިލިތަކުން އަހަރެންގެ މޫނުގައި ފިރުމީމަ އެވެ. މޫނުގައި ހުރި ވެލިތައް ފޮހެދިނީމަ އެވެ.

އަހަންނަށް ބަލަން އިނދެވުނީ އެވެ. ފާޑަކަށް ރަކިވެފަ އެވެ. ރަނގަޅަށް ދެ ލޯ ހުޅުވޭ ވަރުވުމުން ހަމަޖެހިލުމަށްފަހު ދެ ލޯ ހުޅުވާލެވުނެވެ. އެއީ އާމިރާ އެވެ.

އާމިރާއާ އަހަންނާ ބައްދަލުވި ގޮތެވެ. އޭރު އަހަރެންގެ އުމުރުން ވާނީ ތޭރަވަރަކަށް އަހަރެވެ. އާމިރާ ވެސް ހުންނަނީ ލޯބިލޯބިކޮށް ކުޑަކުޑަ ފުއްޕި ކޮލެއްލައިފަ އެވެ. ބުޅި އިސްތަށިގަނޑު އަބަދުމެ ހުންނަނީ ދެ ފަރާތަށް ގަތައިފަ އެވެ. އެހެންވެ އަހަންނަށް އާމިރާގެ ސިފަވަނީ އެ ގޮތަށެވެ. އާމިރާގެ ހަނދާންތައް ފެވިގެންދަނީ އެ ގޮތަށެވެ.

"މިހާރު ކިހިނެއްވީ؟" އާމިރާގެ އަޑަށް އަހަންނަށް ބަލައިލެވުނެވެ.

"ކިހިނެއްބާ ވާނީ؟" ހިޔާލުތަކުގެ ދުނިޔެއިން ނުކުމެ ދެ ލޯ އުނގުޅުލައިލަމުން އަހަންނަށް ބުނެލެވުނެވެ.

"އަހަންނަށް ރަނގަޅީ އަހަރެން ރަށަށް ފޮނުވައިދިނީމަ. އެގޮތް ވާންވީ. އެ ކަމަށް އުއްމީދު ވެސް ކުރެވެނީ."

"އާމި ތަންކޮޅެއް ފުންކޮށް ވިސްނައިލަބަލަ. މި ވަގުތު ޖަވާބެއް ބޭނުމެއް ނޫން." އަހަންނަށް ބުނެލެވުނެވެ.

"ރަޔާނަށް އެންމެ ރަނގަޅު ގޮތް ވުމަށް އަހަރެން އަބަދުވެސް އެދެނީ. އަހަންނަށް އެނގޭ ރަޔާނަށް ރަޔާނުގެ ދޮންބެ ކިހާ މުހިއްމުވާނެކަން. އަދި ދޮންބެ ދޫކޮށް ނުލެވޭނެކަން ވެސް."

"އާމި ވެސް މުހިއްމުވާނެ. ދޫކޮށް ނުލެވޭނެ ދޯ." އަހަރެން އިތުރުކޮށްލީމެވެ.

"މި ވަގުތަށް އަހަރެން މި އެދޭ ކަންކަން ފުރިހަމަކޮށްދިނުން ވަރަށް ބޮޑަށް އެދެން." އާމިރާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޖަހައިލި އެވެ. އަވަސްއަވަހަށެވެ. އަހަންނަށް ބަލައިލެވުނީ އާމިރާގެ މޫނަށެވެ. އޭނާ ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ. ސުވާލުގެ ނަޒަރުންނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބޯ ދިއްކޮށްލީ ދޮންބެދައްތަ އެވެ. އޭނާގެ ދެ ލޯ ހުރީ ބޮޑުވެފަ އެވެ. މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ.

"ރަޔާން! އާމީ އަވަހަށް އާދެބަލަ. އާދެބަލަ." ދޮންބެދައްތަ ބާރުބާރަށް އަވަސްއަވަހަށް ބުނެލި އެވެ.

އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. ބޮލުގައި ހުރި ހާސްކަމުގެ މައްޗަށް ސުވާލުތަކުގެ ރަޖާގަނޑެއް ފެތުރުނެވެ. އާމިރާއަށް ވެސް ވީ އެވަރެވެ.

"އާދެބަލަ. ބޭރަށް އާދެބަލަ." އަނެއްކާ ވެސް ދޮންބެދައްތަ އަތާއި މޫނުން އަހަންނާ ދިމާއަށް ހަރަކާތްކޮށްލި އެވެ.

ވީ ގޮތް ނޭނގިފައި އަހަރުމެންނަށް ތިބެވުނީ އެވެ. ހައްސާސީ މައްސަލައެއްގެ ޝަކުވާތަކާއި ހޫނުކަން އަދި މި އުޅެނީ ފިލައި ނުގޮސްގެންނެވެ. އޭގެ ހޫނުކަން އަދި މި އުޅެނީ ނުކެނޑިގެންނެވެ. މިފަދަ ދަނޑިވަޅެއްގައި ދޮންބެދައްތައަށް މި ލިބުނީ ކޮންހާ ބޮޑު އުފަލެއް ހެއްޔެވެ؟ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ އޭނާ ފާހަގަކުރާން މި އުޅެނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން މުނާސަބާތެއް ހެއްޔެވެ؟

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox