Advertisement

ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭ ދުވަހެއް ސާފުކުރަން އެދިއްޖެ

7 ސެޕްޓެންބަރު 2022 - 10:36 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް --- ފޮޓޯ: މަޖިލިސް


ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭ ދުވަހެއް ސާފުކުރަން އެދިއްޖެ

7 ސެޕްޓެންބަރު 2022 - 10:36 1

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭ ތާރީހެއް ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭނެ ތާރީހެއް އަންގާފައި ނުވާ ކަމަށެވެ.

"ސަލާމުގެ ތާރީހު ނިމޭ ތާރީހެއް، ދުވަހެއް ވިދާޅުވެފައި ނުވާތީވެ، މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެންބަރުގެ އަރިހުގައި ވާނީ ދަންނަވާފައި،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނުއިރު ހާޒިރުވެތިއްބެވީ 31 މެންބަރުންނެވެ. ހައިތަމް ހިމެނޭހެން ފަސް މެންބަރުން ތިއްބެވީ ސަލާމުގަ އެވެ. ރަސްމީ ދަތުރުފުޅުތަކާ ގުޅިގެން ހާޒިރުނުވެވެނީ އެއް މެންބަރަކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ތިން ވަނަ ދައުރުގެ ހާޒިރީ ދަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނެންގެވި ދެ މަސްދުވަހުގެ ޗުއްޓީއަށް ފަހު މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ މަހު ފެށި ނަމަވެސް އަދިވެސް ގިނަ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވަ އެވެ.

މަޖިލީހުގެ ރެކޯޑްތައް ދައްކާ ގޮތުން މިއަހަރުގެ ތިން ވަނަ ދައުރު ފަށަން ބޭއްވި ޖަލްސާ ފެށި އިރު ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 30 މެމްބަރުންނެވެ. އެ ދުވަހު ސަލާމުގައި ތިއްބެވީ ފަސް މެމްބަރުންނެވެ. އެހެން މެމްބަރުން ވަޑައިނުގެންނެވި ސަބަބެއް ރިޔާސަތުން ހާމައެއް ނުކުރައްވަ އެވެ. އެ ދުވަހު ވޯޓަށް އެހި ވަގުތު ޖަލްސާގައި ތިއްބެވީ މަޖިލީހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި 28 މެމްބަރެކެވެ.

މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކުގައި ބައެއް ބިލްތަކަށް ބަހުސް ކުރައްވާނެ މެންބަރުން ނެތިގެން، ބައެއް މެންބަރުން ވަނީ ތަކުރާރުކޮށް ވެސް ބަހުސްގައި ބައިވެރިވެވަޑައިގެންފަ އެވެ.