Advertisement

ގެލެކްސީ ޒީ ފޯލްޑް 4 މެކްސްކޮމްއަށް؛ ބޮޑު ޑިސްކައުންޓެއް އަދި ސްޕޮޓިފައި ތިން މަހަށް ހިލޭ

1 ސެޕްޓެންބަރު 2022 - 11:32 0

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 4 ފޯނުތަކެއް. މިއީ މާކެޓުގައި ވިއްކަން ހުރި ސެމްސަންގް ގެ އެންމެ ފުރިހަމަ އެއް ފޯނު --- ފޮޓޯ: ސެމްސަންގް


ގެލެކްސީ ޒީ ފޯލްޑް 4 މެކްސްކޮމްއަށް؛ ބޮޑު ޑިސްކައުންޓެއް އަދި ސްޕޮޓިފައި ތިން މަހަށް ހިލޭ

1 ސެޕްޓެންބަރު 2022 - 11:32 0

ފަށްޖަހާލެވޭ ފޯނުތަކުގެ މަގުބޫލުކަން އެއްކޮށް ނެތިގެން ދިޔުމަށް ފަހު އަލުން އަނބުރާ އެފަދަ ފޯނުތަކަށް ލިބޭ ތަރުހީބު އަންނަނީ ބޮޑުވަމުންނެވެ. މިހާރު އުފައްދާ މިފަދަ ފޯނުތަކަކީ ހުޅުވާލުމުން ޓެބްލެޓެއްގެ ސައިޒުގެ ސްކްރީނެއް އިންނަ، ޕްރޮސެސަރު އަވަސް، ގިނަ ކަންކަން އެއްފަހަރާ ކުރެވޭ ފޯނުތަކެކެވެ. އޭގެ ތެރެއިން ވެސް އެންމެ ލޮލުގަ އަޅައިގަންނަ ފޯނަކީ ސެމްސަންގް އިން މާކެޓަށް ނެރޭ ގެލެކްސީ ޒީ ފޯލްޑް އެވެ.

ގެލެކްސީ ޒީ ފޯލްޑްގެ ހަތަރުވަނަ ޖެނެރޭޝަން މިހާރު ރާއްޖޭގައި ވެސް މިވަނީ ވިއްކަން ފަށާފަ އެވެ. މެކްސްކޮމް ޓެކްނޮލޮޖީސް އިން މި ފޯނު ރާއްޖޭގެ މާކެޓަށް ނެރެ ވިއްކަން ފަށާފައި މިވަނީ ކަސްޓަމަރުންނަށް އުފާވެރި ގިނަ ހަބަރުތަކަކާ އެކު އެވެ.

އެގޮތުން، އެންމެ ހާއްސަ ކަމަކީ މެކްސްކޮމް އިން މިހާރު ފޯނު ވިއްކަމުން ދަނީ 3،000ރ. ގެ ޑިސްކައުންޓަކާ އެކު އެވެ. މާކެޓުގައި 34،999ރ. އަށް ވިއްކަމުންދާ ފޯނު މެކްސްކޮމްއިން ވިއްކަނީ 31،999ރ. އަށެވެ.

ހަމައެހެންމެ، މެކްސްމޮކް އިން ގަންނަ ކޮންމެ ގެލެކްސީ ޒީ ފޯލްޑް 4 ފޯނަކާ އެކު ލަވަ ސްޓްރީމް ކުރުމުގައި އެފަދަ ދެވަނައެއް ނުވާ ސްޕޮޓިފައި ޕްރިމިއަމްގެ ހިދުމަތް ތިން މަސް ދުވަސް ވަންދެން ހިލޭ ލިބޭނެ އެވެ. އަދި، މައިކްރޯސޮފްޓް ވަންޑްރައިވްގެ ކްލައުޑް ސްޓޯރޭޖުން 100ޖީބީ ހަ މަސް ދުވަސް ވަންދެން ހިލޭ ލިބޭނެ އެވެ.

ފަރީދީ މަގާއި ސޯސަން މަގުގައި ހުންނަ މެކްސްކޮމްގެ ފިހާރަތަކުގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ އެ ކުންފުނީގެ އައުޓްލެޓުން ވެސް މިހާރު މި ފޯނު ގަނެވޭނެ އެވެ.

ޒީ ފޯލްޑް 4 ގަންނަންވީ ކީއްވެ؟

މިއީ މިވަގުތު މާކެޓުގައި ލިބެން ހުރި ފަށްޖަހާލެވޭ ފޯނުތަކުގެ ތެރެއިން އެންމެ އެޑްވާންސް އަދި އެންމެ ބިލްޑް ކޮލިޓީ ރަނގަޅު ފޯނެވެ. ކުރީގެ ޖެނެރޭޝަންތަކަށްވުރެ ހަތަރުވަނަ ޖެނެރޭޝަންގެ ޒީ ފޯލްޑް ލުއިވެފައި ބޮޑެވެ. ސްކްރީން ބެޒެލްތައް ވެސް ކުޑަ އެވެ.

ފޯނުގެ ސޮފްޓްވެއާ އަށް ގެނައި އަޕްގްރޭޑުތަކާ އެކު މަލްޓިޓާސްކް ކުރުމުގައި ޒީ ފޯލްޑް 4 އާ ވާދަކުރެވޭނެ ފޯނެއް މާކެޓުގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މި ފޯނުގެ ޗިޕަކީ ސެމްސަންގެ އެންމެ ފަހުގެ އަދި އެންމެ އަވަސް ޗިޕަށްވުމާ އެކު ފޯނުގެ ސްޕީޑު ނުހަނު ހަލުވިވެފައި ސްމޫތެވެ. އެހެންކަމުން މިއީ ގޭމް ކުޅެން ވެސް ފަސޭހަ ފޯނެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ފާހަގަވަނީ ކެމެރާއިންނެވެ. ފަހަތުގައި ހުންނަ ތިން ކެމެރާގެ އިތުރުން ކުރިމަތީގައި ހުންނަ ދެ ކެމެރާއާ އެކު ފޯލްޑް 4 ގައި ޖުމްލަ ފަސް ކެމެރާ ހުރެ އެވެ. މީގެކުރީ ޖެނެރޭޝަންތަކުގެ ފޯލްޑްއިން ނަގާ ފޮޓޯތަކަށް ވުރެ މިހާރު ނަގާ ފޯޓޯތައް މާ ސާފުވެފައި ރީއްޗެވެ.