ދިރާގުން ސެމްސަންގް ގެލެކްސީ S25 ގެ މޮޑެލްތައް ރާއްޖެއަށް ލޯންޗުކޮށްފި

22 ފެބުރުވަރީ 2025 - 11:38 0

ލީވާން އަލީ ނާސިރު

ލ

ދިރާގުން ސެމްސަންގް ގެލެކްސީ S25 ގެ މޮޑެލްތައް ރާއްޖެއަށް ލޯންޗުކުރުން -- ފޮޓޯ: ދިރާގު


ދިރާގުން ސެމްސަންގް ގެލެކްސީ S25 ގެ މޮޑެލްތައް ރާއްޖެއަށް ލޯންޗުކޮށްފި

22 ފެބުރުވަރީ 2025 - 11:38 0

ދިރާގުން ސެމްސަންގް ގެލެކްސީ S25 ގެ މޮޑެލްތައް ރާއްޖެއަށް ލޯންޗުކޮށް، ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދީފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައި ސެމްސަންގްގެ ފޯނުތައް ޕްރީ އޯޑާ ކުރި ކަސްޓަމަރުންނާ ހަވާލުކުރީ ސެމްސަންގް ސްރީލަންކާ އަދި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރ، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ.

ދިރާގުން ބުނީ ފޯނުތަކަށް ޕްރީއޯޑާ ކުރި ކަސްޓަމަރުން ގަންނަ ކޮންމެ ފޯނަކާ އެކު 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

ކޮންމެ ފޯނަކާއެކު ހިލޭ ގެލެކްސީ ބަޑްސް، އެއް އަހަރުގެ ނިޔަލަށް ހިލޭ އެއް ފަހަރު ސްކްރީން މަރާމާތުކުރުމުގެ ފުރުސަތު އަދި، ގޫގްލް ވަން ޖެމިނައި އެޑްވާންސްޑް އަށް ހަ މަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ދިރާގުން ވަނީ ދީފަ އެވެ.

އިވެންޓުގައި ވާހަކަދައްކަވަމުން މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އޭއައި ޓެކްނޮލޮޖީ މުޅި ދުނިޔެއަށް ފުޅާވަމުންދާ ޒަމާނެއްގައި، ޒަމާނީ އޭއައި ޓޫލްސްއާ އެކު ތައާރަފްކުރި ގެލެކްސީ S25 ސީރީޒް ފަދަ ވަރުގަދަ ޑިވައިސްތަކަށް އެންމެ އެކަށީގެންވާ އެންމެ ހަލުއި މޯބައިލް ނެޓްވޯކަކީ ދިރާގު ކަމަށެވެ.

މި ވަގުތު ދިރާގުން ދަނީ ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5G ނެޓްވޯކް ފޯރުކޮށްދެމުންކަން ފާހަގަކުރައްވާ މިރުޝާން ވިދާޅުވީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިއުމަށް ކަސްޓަމަރުން ބާރުވެރި ކުރުމަށް، ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އައު ފީޗާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި، އޭ-އައި އެކުލެވޭ 'ލައިވް ޓްރާންސްލޭޓް'، 'ނޯޓް އެސިސްޓް' އަދި 'ޖެނެރޭޓިވް އެޑިޓް' ފާހަގަކޮށްލެވެ އެވެ.

މި ފޯންތަކުގައި ހިމެނޭ އިތުރު ފީޗާތަކަށް ބަލައިލާއިރު، ފޯނުގައި ހިމެނޭ 200 މެގަޕިކްސެލްގެ ކެމެރާގެ ސަބަބުން ފޮޓޯ ކޮލިޓީ އިތުރަށް ރަނގަޅުވެ، ފޯނުގައި ހިމެނޭ 5000 އެމްއޭއެޗްގެ ބެޓެރީ ސަބަބުން ގިނަ ވަގުތު ޗާޖު ހިފަހައްޓައި، ޗާޖު ކުރަން ނަގާ ވަގުތު މަދުވާނެ އެވެ.

މީގެ އިތުރުން، ގޭމްކުޅުން ފަދަ ހައި ސްޕީޑް ބޭނުންވާ ކަންކަމަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް މި ފޯނުގައި ވަނީ 'ސްނެޕްޑްރެގަން 8 އެލީޓް ޗިޕް' ހިމަނައިފަ އެވެ. މިއާ އެކު އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އެ ފަރާތްތައް ބާރުވެރިކުރުމަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.