Advertisement

އެމްޓީވީ އެވޯޑްގެ ރަން ވަނައާ އެކު ޓެއިލާ ސްވިފްޓްގެ އާ އަލްބަމެއް ނެރެނީ

30 އޮގަސްޓު 2022 - 06:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމްޓީވީ އެވޯޑް ހަފްލާގައި ޓެއިލާ ސްވިފްޓް. -- ފޮޓޯ: ޕީއޭ މީޑިއާ


އެމްޓީވީ އެވޯޑްގެ ރަން ވަނައާ އެކު ޓެއިލާ ސްވިފްޓްގެ އާ އަލްބަމެއް ނެރެނީ

30 އޮގަސްޓު 2022 - 06:44 0

އެމްޓީވީގެ ވީޑިއޯ މިޔުޒިކް އެވޯޑްސް (ވީއެމްއޭ) ހަފްލާގެ ރަން ވަނަ ހާސިލް ކުރުމަށް ފަހު މުޅިން އާ އަލްބަމެއް ނެރޭނެކަން ލަަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް އިއުލާންކޮށްފި އެވެ.

ޓެއިލާ ސްވިފްޓް ވަނީ ވީއެމްއޭގެ ގިނަ އެވޯޑްތަކެއް ގެންގޮސްފަ އެވެ. އޭގެ ތެރެއިން އެންމެ މޮޅު ވީޑިއޯގެ އެވޯޑް ލިބުނީ އޭނާގެ "އޯލް ޓޫ ވެލް" ލަވަޔަށެވެ.

ޓެއިލާ ސްވިފްޓް ބުނީ އެވޯޑް ލިބުމަކީ ބޮޑު ފަހުރެއް ކަމަށެވެ. އައި އޮކްޓޯބަރު 21 ވަނަ ދުވަަހު އޭނާގެ އާ އަލްބަމް "މިޑްނައިޓްސް" ރިލީޒް ކުރާނެ ކަމަށް ވެސް ބުންޏެވެ.

އިތުރު އެވޯޑްތައް ލިބުނު އާޓިސްޓުންގެ ތެރޭގައި ހިމެނެނީ ބިލީ އެއިލިޝް، ލިޒޯ އަދި ހެރީ ސްޓައިލްސް އެވެ. އޭގެ އިތުރުން މިޔުޒިކްގެ ދާއިރާގަައި ވެސް އުޅޭ އެކްޓަރު ޖޮނީ ޑެޕްގެ ހާއްސަ ފެނިލުމެއް ހަފްލާގައި އޮތެވެ.