Advertisement

ލީބިޔާގައި ހަމަނުޖެހުން ބޮޑުވުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

28 އޮގަސްޓު 2022 - 15:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓްރިޕޮލީގައި ކާރެއްގައި ރޯކޮށްލާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ލީބިޔާގައި ހަމަނުޖެހުން ބޮޑުވުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

28 އޮގަސްޓު 2022 - 15:50 0

ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ސިޔާސީ ފެކްޝަންތަކުގެ ދެމެދުގައި ހަމަލާ ބަދަލު ކުރަމުން ދާތީ އދ. އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހަމަލާތަކުގަައި 23 މީހުން މަަރުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ކޮމީޑިއަން މުސްތަފާ ބަރަކާ ހިމެނެ އެވެ.

ލީބިޔާގައި 2011 ވަނަ އަަހަރު ހިންގި އިންގިލާބުގައި މުއައްމަރް ގައްޒާފީގެ ދިގު ވެރިކަން ނިމުމަކަށް ގެނައި ހިސާބުން އެ ގައުމުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ.

އެހެން ނަމަވެސް، ފާއިތުވި ދެ އަހަރު ހަމަލާ ބަދަލު ކުރުން ވަރަށް މަދެވެ. ލީބިޔާގައި ބައިނަލްއަަގްވާމީ މުޖުތަމައު ބަލައިގަަންނަ ސަރުކާރުގެ ފައުޖުން ހޮނިހިރު ދުވަހު ހަމަލާ ދިނީ ފާތީ ބަޝަގާގެ ފައުޖާ ދެކޮޅަށެވެ.

ފާތީ ބަގަޝާއަކީ ލީބިޔާގެ ބޮޑު ވަޒީރު ކަމަށް އެ ގައުމުގެ އިރުމަތީގައި ހުންނަ ސަރަހައްދީ ޕާލިމެންޓުން ގަބޫލުކުރެ އެވެ.

މީހުން ދިރިއުޅޭ ހިސާބުގައި ހަމަލާ ބަދަލު ކުރާތީ އދ. އިން އެކަން ހުއްޓުމަށް ގޮވާލާފައިވާ އިރު، ބައެއް ހޮސްޕިޓަަލްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

ތެލުގެ މުއްސަނދިކަން އޮތް ލީބިޔާއަކީ ކުރިން އެފްރިކާ ބަައްރުގެ އެންމެ މުއްސަނދި އެއް ގައުމެވެ. އޭރު ލީބިޔާގައި ހިލޭ ސިއްހީ ފަރުވާ އާއި ތައުލީމު ވެސް ލިބެ އެވެ.

އެހެން ނަމަވެސް ގައްޒާފީގެ ވެރިކަމަށް ފަހު ކުރިއަށްދާ ދިގު ހަމަނުޖެހުމާ ހެދި އާއްމުންގެ ދިރިއުޅުމުގެ ފެންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.