27 އޮގަސްޓު 2022 - 01:06 1
ފާތިމަތު ސާޔާ އަހުމަދު
މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިން. -- ފޮޓޯ: އައުޓްލުކް އިންޑިއާ
27 އޮގަސްޓު 2022 - 01:06 1
ކޮވިޑް-19 އާ ދެކޮޅަށް އެންމެ ފުރަތަމަ އުފެއްދި ވެކްސިންގެ މައްސަލައެއްގަައި މޮޑާނާއިން ފައިޒާ އާއި ބަޔޯއެންޓްކްއާ ދެކޮޅަަށް ކޯޓަށް ދާން ނިންމައިފި އެވެ.
ކޮވިޑް ވެކްސިން ހެދުމަށް ބޭނުންކުރި އެމްއާރްއެންއޭ ޓެކްނޮލޮޖީ އެންމެ ފުރަތަމަ އުފެއްދީ މޮޑާނާއިން ކޮވިޑް ބަލިމަޑުކަން ފެށުމުގެ ކުރިންނެވެ. އެ ކުންފުނިން ބުނީ ފައިޒާ އާއި ބަޔޯއެންޓެކުން އެ ޓެކްނޮލޮޖީ ކޮޕީކުރި ކަމަށެވެ.
ކޯޓަށް މައްސަލަ ހުށަހެޅީ އެމެރިކާ އާއި ޖަރުމަނުވިލާތުގަ އެވެ. މޮޑާނާއިން ބަދަލުގެ ގޮތުގައި ހޯދަން އެދުނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ސާފެއް ނޫނެވެ.
ފައިޒާއިން ބުނީ މޮޑާނާގެ ފިޔަވަޅާ މެދު "ސިހިފައިވާ" ކަމަށާއި ތުހުމަތުތަކާ ދެކޮޅަށް ދިފާއު ވާނެ ކަމަށެވެ.
މޮޑާނާއިން ނެރުނު ބަޔާނުގައި ބުނީ ފައިޒާ އަދި ބަޔޯއެންޓެކުން ކޮޕީކުރީ އެ ކުންފުނީގެ ފިކުރީ މުދަލުގެ މުހިއްމު ދެ ބައި ކަމަށެވެ.
އެ ތަނުން އެއް ބަޔަކީ "ކެމިކަލް މޮޑިފިކޭޝަން" އެކެވެ. މޮޑާނާއިން ބުނީ އެ "ކެމިކަލް މޮޑިފިކޭޝަން" ގެ ޓެސްޓުތައް އިންސާނުން ބޭނުންކޮށްގެން އެންމެ ފުރަތަމަ ކުރީ 2015 ވަނަ އަހަރު އެ ކުންފުނީގެ ސައިންސްވެރިން ކަމަށެވެ.
ދެ ވަނަ ބަޔަަކީ ވައިރަހުގެ ބޭރުގައިވާ ސްޕައިކް ޕްރޮޓީންއާ ދެކޮޅަށް ވެކްސިނުން މަސައްކަަތް ކުރާ ގޮތަށް ހެދޮ ހެދުމެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މަރިޔަނބު
over 2 years ago
އޭރުވެސް އަހަރެން ބުނީމޭ މެޑޯނާ ގާތު ތިޔަހެން ސަފުން ބީވެގެން ނޫޅޭށޭ. އަހަރެން ބުނި ބަސް އަޑުނޭހީމަ މިއަދު ތިޔަހެން އުޅެން ތިޔަ ޖެހުނީ،
Comment