Advertisement

ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގައި އަލުން ރާއްޖެ ހިމަނަން ފާސްކޮށްފި

25 އޮގަސްޓު 2022 - 21:51 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސީޕީއޭގައި ރާއްޖެ ހިމެނުމާމެދު ނެގުނު ވޯޓުގެ ތެރެއިން-- ފޮޓޯ: އެމްޕީ އަސްލަމް


ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގައި އަލުން ރާއްޖެ ހިމަނަން ފާސްކޮށްފި

25 އޮގަސްޓު 2022 - 21:51 0

ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގެ މެންބަރު ގައުމެއްގެ ގޮތުގައި އަނެއްކާ ވެސް ރާއްޖެ ހިމަނަން ފާސްވެެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމާއެކު، ސީޕީއޭއިން ވެސް ވަކިވި އެވެ.

ސީޕީއޭގައި ރާއްޖެ ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ މިހާރު ކެނެޑާގައި ކުރިއަށްދާ އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި، ވޯޓުގައި ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.

ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަނަކީ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ބައިވެރިވާ ޖަމިއްޔާއެކެވެ. 1911 ވަނަ އަހަރު ހަ މެންބަރު ގައުމާއެކު ފެށި އެ ޖަމިއްޔާގައި މިހާރު 55 ގައުމު ހިމެނެ އެވެ. އަދި ނުވަ ސަރަހައްދެއްގައި 180 ބްރާންޗް ވަނީ ގާއިމްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ސީޕީއޭގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ 2000 ގަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ވަކިވުމަށްފަހު، ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމި ނިންމުމާއެކު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސީޕީއޭގައި ބައިވެރިވުމަށް ރާއްޖެއިން ވަނީ އެދިފަ އެވެ.

ކޮމަންވެލްތުގެ މެމްބަރުކަމުން، ޔާމީންގެ ވެރިކަމުގައި ވަކިވީ ރާއްޖޭގެ ދާހިލީ ކަންތައްތަކާ އެ ޖަމާއަތުން ބެހޭ ކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ.