Advertisement

ވަޒީފާއާ ބެހޭ އިދާރާގެ ގޮތްޕެއް ނ. އަތޮޅުގައި ހުޅުވަނީ

8 އޮގަސްޓު 2022 - 23:23 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނ. އަތޮޅުގައި އެލްއާރްއޭގެ އޮފީހެއް ގާއިމްކުރަން އެއަތޮޅު ކައުންސިލާ އެކު ސޮއިކުރި އެެއްބަސްވުން، ދައްކައިލައްވަނީ. ފޮޓޯ:ނ. އަތޮޅު ކައުންސިލް


ވަޒީފާއާ ބެހޭ އިދާރާގެ ގޮތްޕެއް ނ. އަތޮޅުގައި ހުޅުވަނީ

8 އޮގަސްޓު 2022 - 23:23 0

ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާ ދޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ޓަކައި ގަވައިދުތައް ހަދައި ތަންފީޒުކުރާ އިދާރާ، ލޭބާ ރިލޭޝަންސް" ގެ ގޮތްޕެއް ނ. އަތޮޅުގައި ހުޅުވަން، އެ އިދާރާއިން އަތޮޅުކައުންސިލާ އެކު ސޮއިކޮށްފި އެވެ.

ނ. އަތޮޅު ކައުންސިލުން މިއަދު ބުނީ އެއަތޮޅުގައި އެލްއާރްއޭގެ ގޮތްޕެއް ގާއިމްކުރަނީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް އަތޮޅު ފެންވަރުގައި ގާއިމްކުރަން ކަމަށެވެ.

އެލްއާރްއޭއާއި އަތޮޅު ކައުންސިލުން އެ އެއްބަސްވުމުގައި ސޮއިކުރީ ނ. އަތޮޅުކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ނ. އަތޮޅުކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރެވެ. އެލްއާރްއޭގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ޑިރެކްޓަރު އަހުމަދު މިޒްހަތު ނަސީމެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިޒްހަތު ވިދާޅުވީ ނ.އަތޮޅުގައި އެލްއާރްއޭގެ ގޮތްޕެއް ގާއިމްކުރުމަކީ އެ އިދާރާއިން ރައްޔިތުންނާ ގާތުން މަސައްކަތްކުރަން އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. ނ. އަތޮޅުގައި ގޮތްޕެއް ހުޅުވަން ނިންމީ އެއީ ލަގްޒަރީ ރިސޯޓްތައް ގިނަ އަތޮޅަކަށް ވާތީ މުވައްޒަފުންގެ މައްސަލަތައް ގިނަވާނެ ކަމަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ އެލްއާރްއޭގެ ގޮތްޕެއް ނ. އަތޮޅުގައި ހުރި މައްސަލަތައް ހައްލުކުރެވިދާނެ ކަމަށެވެ.