ނަޝީދު ތުހުމަތު ކުރައްވާ ފަދަ ބަދުއަހުލާގީ އެއްވެސް އަމަލެއް ރައީސް ނުކުރައްވާ: ތަރުޖަމާނު

29 ޖުލައި 2022 - 17:40 1

މުހައްމަދު އުޝާމް

މ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އަދަދު


ނަޝީދު ތުހުމަތު ކުރައްވާ ފަދަ ބަދުއަހުލާގީ އެއްވެސް އަމަލެއް ރައީސް ނުކުރައްވާ: ތަރުޖަމާނު

29 ޖުލައި 2022 - 17:40 1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ހުންނަ ފޮޓޯތަކެއް އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާ ދެއްކެވި ވާހަކަތައް ދޮގުކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އާއިލީ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހް ބަދު އަހުލާގީ އަމަލު ހިންގަވާ މަންޒަރު ހިމެނޭ ހަތަރު ފޮޓޯއެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު މި ފޮޓޯތައް ފުލުހަށް ފޮނުވަންވީތޯ؟ ހަމަ ދެންމެ ޔޫކޭއަށް އަޅުގަނޑު މި ލޭންޑްކުރީ، ބަލާލިއިރު އަޅުގަނޑަށް އެބަ އޮތް މި ފޮޓޯތައް ލިބިފަ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒްއާ މި ނޫހުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވަވާ ކަމަށެވެ.

"އެ ބުނާ ޒާތުގެ އެއްވެސް އަމަލެއް ރައީސް ކުރައްވާފައެއް ނުވާނެ، އެ ކަމުގެ ޔަގީންކަން ރައީސް ދެއްވަވަން ބޭނުންފުޅުވޭ، އެފަދަ ފޮޓޯއެއް ވެސް ނޫޅޭނެ،" މަބްރޫކް ވިދާޅުވި އެވެ.

ނަޝީދު މިފަދަ މެސެޖްތަަކެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މި ފޮނުއްވާފައި މި ވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ނާޒިމް އަބްދުލް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނިކޮށެވެ.

އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮށް ނާޒިމް ހައްޔަރު ކުރުމާއެކު، ނަޝީދު ޓްވީޓެއް ވެސް ކުރެއްވި އެވެ. އަދި ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް ވެސް ނަޝީދު އެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ނާޒިމް ސައްތާރު މިއަދު ވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހާޒިރުކޮށްފަ އެވެ. އަދި އެ ކޯޓުން ވަނީ ނާޒިމްގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާއަށް ވަނީ ލީކުކޮށްފަ އެވެ.

އެ މައްސަލާގައި ނާޒިމްއާއި އަލަމްގީރްގެ އިތުރަށް، ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެނމަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


މުންޖިޗީ

over 2 years ago

ތި ބުރާންޗަކަށް އިއްޔެ ވަދެވުނުތަނެއްތީ. ހަމަބުނެލާބަހަކުން ތިކަމެއް ނުނިންމޭނެ. ކުރިންވެސް އަޑުއަރާފައޮތީ. އަދި ކުރީގެ މަސްދަރުތަކަށް ބުރަވާއިރު މިނިވަން ތަޙްޤީޤަކުން ނޫނީ ނުވާކަމެއްކަމަކަށް ނުނިންމޭނެ.