Advertisement

ރާމިޒު ހޯދަން 7،000 އަކަމޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

12 ޖުލައި 2022 - 00:16 0

ނ. ހެނބަދޫ ، ކުންނާރުމާގެ، އިބްރާހީމް ރާމިޒު، އޭނާ ހޯދަން ސިފައިން ވަނީ 7،000 އަކަމޭލުގެ ސަރަހައްދެއް ބަލާފައި.


ރާމިޒު ހޯދަން 7،000 އަކަމޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

12 ޖުލައި 2022 - 00:16 0

މިދިޔަ ބުރާސްފަތިދުވަހު، ނ. ހެނބަދޫން ގެއްލުނު އިބްރާހީމް ރާމިޒު، 28، ހޯދަން ސިފައިން 7،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑިއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާމިޒު ހޯދަން މިހައިތަނަށް 7481.699 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާ އަދި ފެނިފައި ނުވާ ކަަމަށެވެ.

އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

އާއިލާއާ ހަވާލާދީ ފުލުުހުން އޭރު ބުނެފައިވާ ގޮތުގައި އޭނާ ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވެ އެވެ. އޭނާ ދަތުރުކި ކަމަށް ބެލެވޭ ކެނޯ ފަހުން ފެނުނެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދެ އެވެ.