11 ޖުލައި 2022 - 20:13 1
ފާތިމަތު އަޖްފާން
ބ. ފެހެންދޫ ދަރުވަރުންގެ ސެޓެލައިޓް ސްކޫލުގައި ކިޔަވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
11 ޖުލައި 2022 - 20:13 1
ދެ ރަށެއްގައި މި ސަރުކާރުން ގާއިމްކުރި ސެޓްލައިޓް ސްކޫލުގެ މަރާމާތަށް އެކަނި ތިން މިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެންމެ ފުރަތަމަ ސެޓްލައިޓް ސްކޫލު ހުޅުވާފައި ވަނީ ބ.ފެހެންދޫ އާއި ވ.ތިނަދޫގަ އެވެ. އެއީ މިދިޔަ ޖެނުއަރީގަ އެވެ. ތިނަދޫ ސްކޫލުގައި ކިޔަވައިދޭން ފެށީ އެންމެ ކުއްޖަކާއެކު އެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދު ހަތަރަކަށް އިތުރުވެފަ އެވެ.
ދެން އޮތީ ފެހެންދޫ އެވެ. ދިގު ދަތުރުގައި އެ ރަށުގެ 19 ކުއްޖަކު އެ އަތޮޅު ގޮއިދުއަށް ކިޔަވަން ކިޔަވަންދެ އެވެ. ނަމަވެސް ސެޓްލައިޓް ސްކޫލެއް އެ ރަށުގައި ހުޅުވުމުން މާލެ އާއި ކައިރި ރަށްރަށުގައި ތިބި އާއިލާތައް ވެސް ރަށަށް ބަދަލުވެ އެ ސްކޫލުގައި ކިޔަވާ އަދަދު 27 އަށް އެރި އެވެ.
މައުލޫމާތު ހޯޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ޖުމްލަ 31 ކުދިންނަށް ކިޔަވައި ދިނުމަށް ސްކޫލުގެ މަރާމާތަށް އެކަނި 3،626،948ރ. ހަރަދުވި އެވެ.
މިއީ އެންމެ ދެ ސްކޫލްގެ މަރާމާތަށެވެ. އެއީ އެންމެ ކްލާހެއްގެ ދެ ސްކޫލެވެ.
- ފޮޓޯ ކޮޕީ މެޝިން އަދި ސްކޭނާ 94،467ރ. - ޓީވީ 96،245ރ. - ކޮމްޕިއުޓާ ސިސްޓަމް 61،650ރ. - ކްރޯމްބުކްސް 854،140ރ. - ދިދަ ޕްރިންޓް ކުރުން 7،950ރ. - ފަރުނީޗަރު 201،248ރ. - އެއާކޮންޑިޝަނާ 29،400ރ.
ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް މުދައްރިސުން ހާޒިރުވެ ތިބޭނެ އެވެ. އަދި ރެކޯޑިން ސެޝަންތަކުގެ އިތުރުން ވަގުތުން ފޮނުވާ ސެސަންޝައްތައް ދަރިވަރުންނަށް ނެގޭނެ އެވެ.
ސެޓެލައިޓް ސްކޫލްތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ މުދައްރިސުންނެވެ. ސެޓެލައިޓް ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.
ވ.ރަކީދޫގައި ވެސް ސެޓްލައިޓް ސްކޫލު ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment