Advertisement

ކޮއްތު މީ ނޫޑްލްސްގެ ފައިވް ޕެކް، ތޮމް ޔަމް ކަޕް އަދި ޗިލީ ބްލާސްޓް ބޯލް ރާއްޖެއަށް

26 ޖޫން 2022 - 06:51 0

އަމަން ހަލީމް

އަމަން ހަލީމް

ކޮއްތު މީ ނޫޑްލްސްއިން ރާއްޖޭގެ ބާޒަރަށް އަލަށް ތައާރަފުކުރި ބާވަތްތައް. -- ފޮޓޯ: މިރާޝް ނާޝިމް


ކޮއްތު މީ ނޫޑްލްސްގެ ފައިވް ޕެކް، ތޮމް ޔަމް ކަޕް އަދި ޗިލީ ބްލާސްޓް ބޯލް ރާއްޖެއަށް

26 ޖޫން 2022 - 06:51 0

ދިވެހިންގެ މެދުގައި މަގުބޫލު ނޫޑްލްސް ބްރޭންޑު، "ކޮއްތު މީ" އިންސްޓަންޓް ނޫޑްލްސްގެ ފައިވް ޕެކާއި ތޮމް ޔަމް ކަޕް ނޫޑްލްސް އާއި ޗިލީ ބްލާސްޓް ބޯލް ނޫޑްލްސް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

ކޮއްތު މީ ބްރޭންޑުގެ އަލަށް ތައާރަފުކުރި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފައިވް ޕެކަކީ އާއިލާތަކަށް ނޫނީ ޕާޓީއަކަށް ކެއުން ތައްޔާރުކޮށްލަން ހެޔޮވަރު އިކޮނޮމިކަލް ނޫޑްލްސް ޕެކެކެވެ. މި ފައިވް ޕެކްތަކުގެ ތެރޭގައި ހިމެނެނީ:

  • ޗިކަން ފްލޭވާ،
  • މަސާލާ ފްލޭވާ.
  • ހޮޓް އެންޑް ސްޕައިސީ ފްލޭވާ، އަދި
  • ޗީޒް އެންޑް އަނިއަން ފްލޭވާ އެވެ.

މީގެ ތެރެއިން މަސާލާ ފްލޭވާއަކީ މިފަހުން ތައާރަފުކުރި ވައްތަރެކެވެ.

އަލަށް ތައާރަފުކުރި ކަޕް ނޫޑްލްސް ފްލޭވާ، "ތޮމް ޔަމް"އަކީ ތައި ސްޓައިލްގެ އުފެއްދުމެކެވެ. އަދި ބޯލް ނޫޑްލްސް ފްލޭވާ، "ޗިލީ ބްލާސްޓް"އަކީ ކޮރެއަން ސްޓައިލް ނޫޑްލް ބޯލްއެކެވެ. ތައި ރަހަތަކާއި ކޮރެއާ ރަހަތަކަކީ މިހާރު ދިވެހިންނަށް ވަރަށް ކަމުދާ ރަހަތަކެކެވެ.

ކޮއްތު މީ ނޫޑްލްސްއަކީ ގޮދަން ފުށް އުފެއްދުމުގައި ފުންނާބު އުސް ލަންކާގެ ޕްރީމާ ކުންފުނީގެ އުފެއްދުމެކެވެ. މިއީ އެ ގައުމުގެ އެއް ނަމްބަރު ނޫޑްލްސް ބްރޭންޑް އަދި މިހާރު ބާރަށް ރާއްޖޭގައި ވެސް މާކެޓް ޝެއާ ބޮޑުކުރަމުން އަންނަ ނޫޑްލްސް ބްރޭންޑެކެވެ.

ޕްރީމާ ލަންކާ އާއި ނިއު އެލައިޑް މެނޭޖްމަންޓް ސާވިސަސްގެ އިސްވެރިން. -- ފޮޓޯ: މިރާޝް ނާޝިމް


މި އުފެއްދުންތައް ދިވެހި ބާޒާރަށް ނެރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރީމާ ގްރޫޕް ލަންކާގެ ގްރޫޕް ޖެނެރަލް މެނޭޖަރު ލޯރެންސް ޗޭން ވިދާޅުވީ، ރާއްޖެއަކީ އެ ކުންފުނީގެ އެންމެ ބޮޑު އެކްސްޕޯޓު މާކެޓު ކަމަށެވެ. އެހެންވެ ދިވެހިންނަށް ކަމުދާ ކަހަލަ އުފެއްދުންތަކެއް އަތް ފޯރާ އަގުތަކުގައި ރާއްޖޭގެ ބާޒާރަށް ނެރެން އަބަދުވެސް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ މުހިންމު މާކެޓެއް. ކޮލިޓީ ހިފަހައްޓައިގެން ދިވެހިންނަށް ކަމުދާ ރަހަތަކެއް ގެނެސްދޭން މަސައްކަތްކުރަން." ޗޭން ވިދާޅުވި އެވެ.

ހަމަ އެގޮތަށް މިހާރު ދުނިޔެއަށް ދިމާވެފައި އިގުތިސޯދީ ދަތިކަމުގެ ސަބަބުން އުފައްދަން ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވަމުންދިޔަ ނަމަވެސް އެ އަގުތައް ހިފަހައްޓަން މަސައްކަތް ކުރަމުންދާ ކަމަށް ޕްރީމާ ލަންކާއި އާއި ރާއްޖޭގެ ޑިސްޓްރިބިއުޓަރު ނިއު އެލައިޑް މެނޭޖްމަންޓު ސާވިސަސްއިން ބުންޏެވެ.

ނިއު އެލައިޑުން ވަނީ އަންނަ މަހުން ފެށިގެން އެ ކުންފުނީގެ އައުޓްލެޓްތަކުން މި އައިޓަމްތައް ހޯލްސޭލް ކުރަން ފަށާނެ ވާހަކަ ބުނެފަ އެވެ.