20 ޖޫން 2022 - 11:10 0
މުހައްމަދު ނަސީމް
ސްޓެލްކޯގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުަމަދު ޝަރީފު، ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ ކަރަންޓު އަގުހެކުރާނީ އެހެން ގޮތްގޮތުން އާމްދަނީ ހޯދައިގެން ކަމަށް. ފޮޓޯ: ސްޓެލްކޯ
20 ޖޫން 2022 - 11:10 0
ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއިން ދޭ ކަރަންޓުގެ އަގު ހެޔޮކުރާނީ ސަރުކާރުން ދޭ ސަބްސިޑީން ނޫން ކަމަށާއި އެހެން ގޮތް ގޮތުން އިތުރު އާމްދަނީ ހޯދައިގެން ކަމަށް އެކުންފުނިން ރޭ ބުނެފި އެވެ.
ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގަިއ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަމަދު ޝަރީފު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަކީ ސްޓެލްކޯ ކަހަލަ، ރައްޔިތުންނަށް ހިދުމަތްކުރާ ކުންފުންޏެއްގެ ވަރަށް ބޮޑު އަމާޒަކަށް ވާން ޖެހޭނެ ކމަަށެވެ. ސްޓެލްކޯއިން އެ އިތުބާރު ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ އިތުބާރު ހޯދަން ކުރާނެ ދެތިން ކަމެއް އޭނާ ވިދާޅުވި އިރު އޭގެ އެއް ކަމަކީ ސަބްސިޑީގެ އިންތިޒާރުގައި ތިބުމުގެ ބަދަލުގައި އާމްދަނީ ލިބޭނެ އެހެން ގޮތްތަކެއް ހޯދުމެވެ.
"އަޅުގަނޑުމެންގެ ހިދުމަތުގެ އަގު އިރާދަކުރެއްވިއްޔާ ކުޑަކުރާނީ އަަޅުގަނޑުމެންގެ އަމިއްލަ ބާރުގައި. އަމިއްލަ އާމްދަނީ ހޯދައިގެން އެ އަގު އިރާދަކުރެއްވިޔާ ސަބްސިޑައިޒް ކުރާނަން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއަށް އިތުރު އާމްދަނީ ހޯދާނެ ގޮތް ކަނޑައެޅުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން މަޝްވާރާ ކޮށްގެންނެވެ. ސްޓެލްކޯގެ މެނޭޖްމަންޓުގައި އެ ގާބިލުކަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ސްޓެލްކޯއިން މިހާރު ބައެއް ހިދުމަތްތައް ދެނީ ގެއްލުމުގަ އެވެ. ނަރުދަމާ ނިޒާމުތައް ހިންގަނީ ގެއްލުމުގައި ކަމަށާއި ބައެއް ރަށްރަށަށް ކަަރަންޓު ދެނީ އެހެން އާމްދަނީން ސަބްސިޑައިޒްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހެން ދަންނަވާލީމާ ބައެއް ފަރާތްތަކުން ޖޯކުޖަހައި އަދި ބައެއް ފުރައްސާރަކުރުމުގެ އިބާރާތް ބޭނުންކުރިޔަސް އަޅުގަނޑުމެން އެކަމާ ފަހެއް ނުޖެހޭނަން އިރާދަކުރެއްވިއްޔާ،" ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯގެ އަމާޒާ އެއްގޮތަށް އެ ކުންފުނިން ދާނީ ކުރިއަށް ކަމަށާއި އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަޝްވަރާ އާއި އިރުޝާދު ލިބޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Comment