Advertisement

ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކުރާނީ ހަމްނާ، އާން، ސައުސަން އަދި މުބާލް

16 ޖޫން 2022 - 08:20 0

ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާނެ ހަތަރު ފެތުންތެރިން: (ކ.ވ) އާން، ހަމްނާ، ސައުސަން އަދި އައްޒާމް


ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކުރާނީ ހަމްނާ، އާން، ސައުސަން އަދި މުބާލް

16 ޖޫން 2022 - 08:20 0

މި ހަފްތާ ބަންދުގައި ހަންގޭރީގައި ފަށާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކުރާނެ ފެތުންތެރިން ކަމަށްވާ، ހަމްނާ އަހުމަދާއި އައިޝަތު ސައުސަން، މުބާލް އައްޒާމް އިބްރާހިމް އަދި މުހައްމަދު އާން ހުސެއިން މުބާރާތަށް ފުރައިފި އެވެ.

ބުޑަޕެސްޓްގައި ވޯލްްޑް ސްވިމިން ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޮވާފައިވަނީ ޓްރަޔަލް އެއް ބޭއްވުމަށް ފަހު އެންމެ ރަނގަޅު ފެތުންތެރިންނެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ސްކޮޑުގައި ހިމެނޭ ފެތުންތެރިން ވަނީ މީގެ ކުރިން ވެސް ދުނިޔޭގެ މުބާރާތުގައި ފަތައި، ކުރިއެރުންތަކެއް ހޯދައިފަ އެވެ. ބައިނަލްއަގުވާމީ ކުޅިވަރުގެ ދެ ގޭމްސް ފެތުންތެރިންނަށް ކުރިއަށް އޮއްވައި، ދުނިޔޭގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމަކީ ގޭމްސް އަށް ދާއިރު، ތައްޔާރުވެލައި، ކުރިއެރުންތަކެއް ހޯދުމަށް ލިބިފައިވާ ފުރުސަތެކެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާން އެވެ. މިިދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ. މީގެ ތެރެއިން ހަމްނާ ވަނީ 15 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ. ހަމްނާ، މުގުރާލި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް ކުރިން އޮތީ އާމިނަތު ރޫޔާ ހުސައިން އަތުގަ އެވެ. އެއީ މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރު ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯ ގޭމްސްގައި ރޫޔާ ހެދި ރެކޯޑެކެވެ.

މި ފަހަރު ގައުމީ ސްކޮޑުގައި ހިމެނި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ސައުސަން އަކީ ތަޖުރިބާކާރު ފެތުންތެރިއެކެވެ. އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކޮށްފަ އެވެ. އެންމެ ފަހުން ވާދަކުރި ފަހަރުތަކުގައި ވެސް ސައުޝަންގެ ޓައިމިން ތަކަށް ވަނީ ކުރިއެރުންތަކެއް ލިބިފަ އެވެ.