ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

Nov 6, 2026, 8:13 PM
ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަން މަލާކް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަން މަލާކް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ތިރީސް އެއް ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، މުހައްމަދު ޝައްފާން އިސްމާއީލް އާއި މަލާކް ބިންތި މުއިއްޒު ހޯދައިފި އެވެ.

މާލޭ ޓީޓީ ހޯލުގައި ކުޅުނު މި މުބާރާތުގެ ފިރިހެން އެއް ވަނަ ޑިވިޝަނުގެ ސިންގަލްސް ފައިނަލް މެޗުގައި ޝައްފާން ކުޅުނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީޓީ ކުޅުންތެރިޔާ، މޫސާ މުންސިފް އަހުމަދުއާ ދެކޮޅަށެވެ. މުންސިފްގެ މައްޗަށް ޝައްފާން ވަނީ ސީދާ ހަތަރު ސެޓުން ކާމިޔާބު ހޯދައިފަ އެވެ. ގައުމީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޝައްފާން މި މެޗުގެ ސެޓުތައް ގެންދިޔައީ 11-02، 11-08، 11-07 އަދި 11-06 އިންނެވެ.

އެއް ވަނަ ޑިިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން މަލާކް ހޯދީ ފައިނަލުގައި އައިޝަތު މަލާކް ތަހުސީން ބަލިކޮށްފަ އެވެ. މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅު ކުޅުމެއް ދެއްކި މަލާކް ސެޓުތައް 11-08، 11-08، 11-09 އަދި 11-08 އިންނެވެ. 

ރާއްޖޭގައި މި ވަގުުތު ކުޅެމުން އަންނަ އެންމެ ކާމިޔާބު ދެ ޓީޓީ އަންހެން ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް، މި ވަގުތު ރާއްޖޭގައި ނެތުމުން އެސޯސިއޭޝަން ކަޕްގައި ނުކުޅެ އެވެ. 

އެއް ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް  ދެ ވަނަ ރަނަރަޕަށް ހޮވުނީ، ފާޒް އިމްޔާޒް ލަތީފް އާއި މުހައްމަދު ހަލަފް ރާފިއު އެވެ. އަންހެން ސިންގަލްސްގެ ދެ ވަނަ ރަނަރަޕަށް ހޮވުނީ، ސާރާ މޫސާ ޖަމީލް އާއި މިޝްކާ މުހައްމަދު އިބްރާހިމް އެވެ. 

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ޝައްފާން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ޝައްފާން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އެއް ވަނަ ޑިވިޝަން ފިރިހެން ޑަބަލްސް ޗެމްޕިއަނަކީ، ޝައްފާން އާއި ހަލަފްގެ ޕެއާ އެވެ. އެއީ، ފައިނަލުގައި އަހްޔާލް އަލީ ނަޒީރު އާއި މަދޫރާ ޑެވިންޑާ ކަރުނަރަޖަގޭގެ ޕެއާ ބަލިކޮށްފަ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މިޝްކާ އާއި މަލާކް ތާސީން އެވެ. އެއީ، ފައިނަލުގައި އައިޝަތު އެލީން އާއި ސާރާގެ ޕެއާ ބަލިކޮށްފަ އެވެ. 

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުންސިފް އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ އިންނެވެ. އެއީ ފައިނަލުގައި ހަލަފް އާއި މިޝްކާގެ ޕެއާ ބަލިކޮށްފަ އެވެ. 

ދެ ވަނަ ޑިވިޝަނުގެ ފިރިހެން ޗެމްޕިއަންކަން، އަލީ ނިޝާމް ހޯދީ ފައިނަލުގައި އިމްރާން އިބްރާހިމް ބަލިކޮށްފަ އެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތަށި މުހައްމަަދު އާލް އިމްރާން ހޯދީ ފައިނަލުގައި އުމެއިރު މުހައްމަދު މުއިއްޒު ބަލިކޮށްފަ އެވެ. ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަލަފް އާއި މަލާކް ތާސީން އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ، ހަލަފް އާއި އުމެއިރު އެވެ. 

ސަތާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނާ އާޔާތު އާދަމް ހޯދިއިރު، ފިރިހެން ސިންގަލްސް ތަށި އުފުލާލީ ހަލަފް އެވެ. 

ފަނަރަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން، މަލާކް ތާސީން އާއި ސާރާ ހޯދިއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަލަފް އާއި އައްޔޫބް އިޒްކާން ސަލީމް އެވެ. ފަނަރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ސާރާ ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އިބްރާހިމް އަޝްއަލް އާސިފް އެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ ވެސް އަޝްއަލް އެވެ. އެގާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ލަޔާނާ ޝާމިއު ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އަޔާލް އަހުމަދު ޝިމާލް އެވެ. ނުވަ އަހަރުން ދަށުގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ދިލްފް އަމްޒަތު އަހުމަދު ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަނަކީ، އާޔާ އިހްސާން ސޯދިގު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox