3 ޖޫން 2022 - 15:34 0
އައިޝަތު ނުޒުހާ
ބައި-އިލެކްޝަނެއްގެ ވޯޓުލުމުގެ ތެރެއިން-
3 ޖޫން 2022 - 15:34 0
ހއ. ވަށަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެއް ކަަމަށް ވުމުން، އިންތިހާބަކާ ނުލާ ޕީޕީއެމަށް އެ ގޮނޑި ލިބިއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ހއ.ވަށަފަރު ނިއުފޯސް، ޒުހާ އިބްރާހިމް އެ ގޮނޑިއަށް އިންތިހާބުވެފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އިީސީ)އިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
މި ބައި-އިލެކްޝަނަކީ އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވަން އީސީން ތާވަލްކޮށްފައި އޮތް ބައި-އިލެކްޝަނެކެވެ.
އިންތިހާބަށް އިތުރު ޕާޓީއެއްގެ ކެންޑިޑޭޓެއް ކުރިމަތިލާފައިނުވާތީ އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަގްސަދަކީ އިންތިހާބުތަކުގައި ވާދަކުރުން. އެހެން ޕާޓީތައް ކޮބައިތޯ؟," ހަބީބު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވި އެވެ.
އަންހެނުންގެ ކޮމިޓީގެ މެންބަރުން އިސްތިއުފާ ދޭ މިންވަރު އިތުރުވެފައިވާއިރު، ހުސްވާ މަގާމުތަކަށް މީހުން ހޮވަން ބައި-އިލެކްޝަން ބާއްވަން ޖެހުމުގެ ސަބަބުން ކޮމިޝަނުގެ އިދާރީ ބަޖެޓަށް ނުއުފުލޭ ވަރުގެ ބުރައަކަށް ވެފައިވާ ކަމުގެ ކަންބޮޑުވުން އީސީން މީގެކުރިން ވަނީ ފާޅުކޮށްފަ އެވެ.
Comment