Advertisement

ރިސޯޓު ކުލި ކުޑަކުރުން ދިފާއުކޮށްފި، ވިދާޅުވީ ފައިދާ ބޮޑުވާނީ ޓެކްސްއިން ކަމަށް

16 މޭ 2022 - 12:02 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މިނިސްޓަރު މައުސޫމް: ވިދާޅުވީ ޓެކްސްއިން ފައިދާ ބޮޑުވާނެ ކަމަށް-- ފޮޓޯ: މަޖިލިސް


ރިސޯޓު ކުލި ކުޑަކުރުން ދިފާއުކޮށްފި، ވިދާޅުވީ ފައިދާ ބޮޑުވާނީ ޓެކްސްއިން ކަމަށް

16 މޭ 2022 - 12:02 1

ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލިކުޑަކުރަން ސަރުކާރުން ނިންމާފައިވާ ނިންމުން ދިފާއު ކުރައްވާ، ފައިދާ ބޮޑު ގޮތަކީ ޓެކުހުން ފައިދާ ނެގުން ކަމަށް ޓޫރިޒަމާ ބެހޭ މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓު ބިންތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ބިލުގެ މަގުސަދުތަކުގެ ތެރޭގައި މިނިމަމް ވޭޖް ތައާރަފްކުރުމުން ރިސޯޓްތަކަށް މާލީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުން ހިމެނެ އެވެ. މިކަމާ ގުޅިގެން ބިލުގެ ބަހުސްގައި ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލި ކުޑަ ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މައުސޫމާ ސުވާލު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

"ޓެކްސް ނިޒާމުގެ ތެރެއިން މިހާރު ދައުލަތަށް ފައިސާ ހޯދަނީ، އެހެންވީމަ އަޅުގަނޑުމެން މާލޭގެ އުތުރުގެ ރަށްތަކުގަޔާއި މާލޭގެ ދެކުނު ރަށްތަކުގަޔާއި ރިސޯޓުތައް ތަރައްގީކުރާއިރު އެ ލިބޭ ބިމު ކުއްޔެއް ނޫން މިހާރު ދައުލަތަށް ފައިސާ ހޯދަން މިއޮތް މަގަކީ،" ކުލި ކުޑަ ކުރާ ސަބަބު ތަފްސީލް ކޮށްދެއްވަމުން މައުސޫމް ވިދާޅުވި އެވެ.

"[އާމްދަނީ ހޯދަން އޮތް މަގަކީ] ޓެކްސް، އަލަށް ރިސޯޓުތައް ހެދުނީމާ ލިބޭ ޓެކްސްގެ އަދަދުތައް ވަރަށް ބޮޑުވެގެން ދާނެ،"

މިނިސްޓަރު ވިދާޅުވީ ދުރު މުސްތަގްބަލަށް ބަލާއިރު ރައްޔިތުންނާއި ދައުލަތުން ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ "ވިޔަފާރި އެންމެ ބޮޑަށް ހިންގާލާ" ޓެކްސްއިން ފައިދާ ހޯދުން ކަމަށެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލިން އަކަފޫޓަކަށް ޖެހޭ ރޭޓުން އެއް ޑޮލަރު ނުވަތަ ދެ ޑޮލަރު ކަނޑައިލާނެ އެވެ.

ކުއްޔަށް އަންނަ ބަދަލު

  • ހއ. އަތޮޅުން ށ. އަތޮޅަށް: ކުރިން އަކަމީޓަރަކަށް އަހަރަކަށް -/5 ޑޮލަރު މިހާރު -/4 ޑޮލަރު
  • ނ.އަތޮޅުން ދ. އަތޮޅާ ހަމައަށް: ކުރިން އަކަމީޓަރަކަށް -/8 ޑޮލަރު، މިހާރު އަކަމީޓަރަކަށް -/6 ޑޮލަރުު. ތ. އަތޮޅުން ގދ. އަތޮޅާ ހަމައަށް: ކުރިން އަކަމީޓަރަކަށް އަހަރަކު -/6 ޑޮލަރު، މިހާރު -/5 ޑޮލަރު.