Advertisement

ފުލުހުންގެ އެހީއާ އެކު ބައިބަލާ މުބާރާތް ބޭއްވޭނެ: ބައިބަލާ އެސޯސިއޭޝަން

7 މޭ 2022 - 05:01 1

Advertisement


ފުލުހުންގެ އެހީއާ އެކު ބައިބަލާ މުބާރާތް ބޭއްވޭނެ: ބައިބަލާ އެސޯސިއޭޝަން

7 މޭ 2022 - 05:01 1

Advertisement

ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބާއްވަން ތާވަލުކުރި މި ފަހަރުގެ "އެމްޓީސީސީ ބައިބަލާ ޗެލެންޖް 2022"، ފުލުހުންގެ އެއްބާރުލުމާ އެކު ބޭއްވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފި އެވެ.

ފިތުރު އީދާ ދިމާކޮށް އާންމުކޮށް ބާއްވާ ބައިބަލާ މުބާރާތް، 2019 ވަނަ އަހަރު ބޭއްވުމަށް ފަހު މެދުކެނޑުނީ ކޮވިޑާ ހެދި މި އައި ބްރޭކުގެ ސަބަބުންނެވެ. މި ފަަހަރުގެ މުބާރާތް މި މަހު ހަތަރެއްގައި ފަށަން ހުރިހާ ކަމެއް ނިމިފައި ވަނިކޮށް ކުއްލިއަކަށް ފަސްކުރަން ނިންމީ މާލެ ސަރަހައްދުގައި ހިނގާ މާރާމާރީތަކާ ހެދި ފުލުހުންނާ ބައިބަލާ އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

Advertisement

ފުލުހުންގެ އެދުމަށް ބައިބަލާ މުބާރާތް ފެށުން ފަސްކޮށްފި

މެދުކެނޑުމަކަށްފަހު މިރޭ ފަށަން ހަމަޖެހިފައި އޮތް ބައިބަލާ މުބާރާތް ފެށުން ފަސްކުރި ސަބަބެއް ރަސްމީކޮށް އަންގާފައި ނުވި ނަމަވެސް މުބާރާތް ފަސްކުރިކަން ބައިބަލާ އެސޯސިއޭޝަނުން ވަނީ ކަށަވަރުކޮށްދީފައި.

ފުލުހުންގެ އެދުމަށް ބައިބަލާ މުބާރާތް ފެށުން ފަސްކޮށްފި

މެދުކެނޑުމަކަށްފަހު މިރޭ ފަށަން ހަމަޖެހިފައި އޮތް ބައިބަލާ މުބާރާތް ފެށުން ފަސްކުރި ސަބަބެއް ރަސްމީކޮށް އަންގާފައި ނުވި ނަމަވެސް މުބާރާތް ފަސްކުރިކަން ބައިބަލާ އެސޯސިއޭޝަނުން ވަނީ ކަށަވަރުކޮށްދީފައި.

ބައިބަލާ އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ރާއްޖޭގައި އޮތް ހަމައެކަނި ސަގާފީ ކުޅިވަރަކާ ގުޅުންހުރި އެސޯސިއޭޝަން ކަމަށާއި އެ ޖަމިއްޔާއާ މުޖުތަމައުގައި ހިނގާ ކުށްތަކާ ގުޅުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

Advertisement

ހެންވޭރު ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގައި މި އަހަރު ޖުމްލަ 34 ޓީމު ވާދަކުރާނެ އެވެ. މި މުބާރާތުގައި ޖުމްލަ 1000 އަށް ވުރެ ގިނަ ކުުޅުންތެރިން ފެންނާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެ އެވެ. އަދި އެހާ ގިނަ ޒުވާނުންތަކެއް ބައިވެރިވާ މި މުބާރާތަށް ތައްޔާރުވުމަށް މިހާތަނަށް ގިނަ ކަންތައްތަކެއް ޓީމުތަކުން ކޮށްފައިވާކަން ވެސް ބައިބަލާ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.

"ޓީމުތަކުން ބައިބަލާ ރިންގް އަޅައި، ޕްރެކްޓިސްތައް ބާއްވައި، ޖާޒީތައް ޕްރިންޓްކޮށް، ގިނަ ހަރަދުތަކެއް ކްލަބްތަކުން ކޮށްފައިވާކަން ފާހަގަކޮށްލަންޖެހެ އެވެ. މިހެން މިކަން އޮވެމެ، މުބާރާތް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް، މާލެ ސަރަހައްދުގައި ހިނގި މާރާމާރީތަކާ އެކު މި މުބާރާތް މި ވަނީ ފުލުހުންގެ އެދުމުގެ މަތިން ލަސްކުތެވިފަ އެވެ،" ބައިބަލާ އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.

ދިމާވެފައިވާ ކަންތައްތަކަށް ބަލައި، ބައިބަލާ އެސޯސިއޭޝަނުން ވަނީ މަޝްވަރާތަކެއް ކޮށް، މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. އެ ގޮތުން އެސޯސިއޭޝަނުން ނިންމާފައިވަނީ، މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރާ ޓީމުތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށެވެ.

"މި މުބާރާތުގެ އިންތިޒާމްތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާ ގުޅިގެން ފުލުހުންގެ އިރުޝާދުގެ މަތިންކަން ފާހަަގަކޮށްލަމެވެ. އެ ގޮތުން ފުލުހުން އެދުނު ގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާތަނާއި އެ ތަނުގައި ކެމެރާ ހަރުކުރުމާއި ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް މި އެސޯސިއޭޝަނުން ވަނީ ހަމަޖައްސާފައިކަން ފާހަގަކޮށްލަމެވެ،" ބައިބަލާ އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.

މުބާރާތް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެސޯސިއޭޝަނުން ވަނީ ޓީމުތަކަށް މައުލޫމާތު ދީފަ އެވެ. އަދި ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ފުލުހުން ކަށަަވަރުކުރަން ޖެހޭ ކަމަކަށްވީހިނދު، ބައިބަލާ އެސޯސިއޭޝަނުން މި މުބާރާތުގެ ހުރިހާ ކަމެއް ގެންދާނީ ފުލުހުންގެ އިރުޝާދާ އެއްގޮތަށް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޖ

almost 3 years ago

ބައިވެރިވާ ކުޅުންތެރިންގެ ޝަރުތު: 1. ބޯދިކޮށްފައި ހުރުން، 2. ސިގިރޭޓް ބުއިން، 3. ރެޑް ބުލް ބުއިން، 4. މާރާމާރީ ހިންގާ ގޭންގަކަށް ނިސްބަތްވުން، 5. ކުށުގެ ރެކޯޑް އޮތުން. ޕޮލިހުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ފެނޭ