Advertisement

ޝާހިދު އދ. ގެ އިދާރާގައި އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ

29 އޭޕްރީލް 2022 - 21:51 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވުނީ މިދިޔަ އަހަރު އޮތް އިންތިހާބަކަށް ފަހު. އެއީ ދިވެއްސެއް އެ މަގާމަށް ހޮވުނު ފުރަތަމަ ފަހަރު. ފޮޓޯ: ފައިލް


ޝާހިދު އދ. ގެ އިދާރާގައި އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ

29 އޭޕްރީލް 2022 - 21:51 0

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާންމު މަޖިލީހުގެ އިދާރާގައި އިމާމުވެ މިރޭ ހުކުރު ނަމާދު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއީ އދ. ގެ އާންމު މަޖިލީހުގެ ރައީސަކު އެ އިދާރާގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެއީ ދިވެއްސެއް އެ އިދާރާގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. ޝާހިދު ހުކުރު ނަމާދުގެ ހުތުބާ ކިޔުއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޝާހިދު އިމާމުވެ ޖަމާއަތުގައި ހުކުރު ނަމާދު ކުރައްވަނީ ވަކި ހާއްސަ ސަބަބަކާހުރެ ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި އެއީ އެކަމަށް ވަކި ހާއްސަ ހުއްދައެއް ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޝާހިދު އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އާންމު މަޖިލީހުގެ އިދާރާގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ އެމެރިކާއަށް ހުކުރު ވަގުތުކަމުގައިވާ މިރޭ 10:00 ގަ އެވެ. އެ މަންޒަރު ދައުލަތުގެ ޓީވީ ޗެނަލް ޕީއެސްއެމްއިން ލައިވްކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.