Advertisement

ފެލިވަރުގައި ގާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ ބީލަން މަރުހަލާ ފަށައިފި

28 އޭޕްރީލް 2022 - 22:08 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މި މަޝްރޫއާއެކު ފެލިވަރު ތަރައްގީކުރުމަށް ނިންމާފައިވާ ގޮތުގެ ކުރެހުމެއް. ޖުމްލަ 4000 ޓަނު މިފްކޯގެ ކެޕޭސިޓީއަށް މި މަޝްރޫއު ނިމުމުން އިތުރުވެގެންދާނެ --- ފޮޓޯ: މިފްކޯ


ފެލިވަރުގައި ގާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ ބީލަން މަރުހަލާ ފަށައިފި

28 އޭޕްރީލް 2022 - 22:08 0

އިންޑިއާ ސަރުކާރުގެ ލޯނު އެހީގެ ދަށުން ޅ. ފެލިވަރު ތަރައްގީކުރުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ބީލަން މަރުހަލާ ފަށާފައިވާ ކަމަށް މިފްކޯ އިން ހާމަކޮށްފި އެވެ.

މަސްވެރިން ބާނާ މަސް ކިރުމުގެ ކެޕޭސިޓީ މިފްކޯގައި ނެތުމަކީ އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މި މަޝްރޫއާއެކު އެ ކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއު ނިމުމުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

މި މަޝްރޫއުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީ އާއި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މިކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރާނެ އެވެ.

އަދި، މި މަޝްރޫޢުގެ ދަށުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރެވިގެންދާނެ އެވެ.

މި މަޝްރޫއުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖު ކެޕޭސިޓީ މިހާރަށްވުރެ 48 ޕަސެންޓު އިތުރުވެގެން ދާނެ އެވެ. އަދި، ފްރީޒިންގ ކެޕޭސިޓީ 37 ޕަސެންޓު އިތުރުވެގެންދާނެ ކަމަށް މިފްކޯ އިން ބުނެ އެވެ.

މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން" މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންނަށާއި، މިފްކޯއަށާއި ރާއްޖޭގެ އިގްތިސާދަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މިފްކޯ އިން ބުނެ އެވެ.

"އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްޤީކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުން ނިމުމަކަށް އަންނާނެ"