26 އޭޕްރީލް 2022 - 19:52 0
އަޒްލިފާ އަބްދުﷲ
26 އޭޕްރީލް 2022 - 19:52 0
ރަމަޟާން މަހަށް ފަހު، އުފާވެރި އީދަކަށް މަރުހަބާ ކިޔަން ހަފުތާ އަކަށް ވެފައިވާއިރު، މި އީދުގެ ހާއްސަ ކަމާއި އުފާ އިތުރު ވަނީ ވޭތުވެދިޔަ ދެ އަހަރު ކޮވިޑުގައި އީދު އުފާ ބަންދުވެފައި، މިފަހަރު އެފަދަ ހާލަތެއް ނެތި، އީދު އުފާ ފާހަގަ ކޮށްލަން އެންމެން ތައްޔާރު ވަމުން އަންނާތީ އެވެ.
ފިތުރު އީދުގެ ވަރުގަދަވާނެކަން މިހާރު ވެސް އަރުވާލަން ތައްޔާރުވަމުން އަންނަ ފޯރިން އެނގެ އެވެ. މި ފޯރިއަށް ނަލަ ކުލަ ގެނެސްދިނުމަށް އީދު ހެދުން ވެސް މުހިންމުކަން، ޒުވާނުންގެ މެދުގައި މަޝްހޫރު ފެޝަން ފިހާރަ އިލާލާ ބުނެދެ އެވެ.
"ސްޓޮކް އާކޮށްފިން، އީދަށް ތައްޔާރު،" އިލާލާގެ އެއް ޕާޓްނަރު އަޝްޖައު ޝަހީދުގެ އާދައިގެ މަތިން ޖަވާބު ކިތަންމެ ކުރުވިޔަސް، ފެޝަން ބްރޭންޑްތަކާއި ޑިޒައިންތަކުން އެ ފިހާރަ ވަނީ ފުރިހަމަ ކޮށްފަ އެވެ.
ކުއިކް ސިލްވާ، ވޮލްކޮމް، ހާލޭގެ އިތުރުން ނަން މަޝްހޫރު އެހެން ބްރޭންޑްތަކުގެ ކެޝުއަލް، އޮފިޝަލް، ގަމީހާއި ޓީޝާޓާއި ކުރުތާގެ އެކި ކުލަތަކާއި ސައިޒުތަކާއި ގިނަ ޑިޒައިންތައް ހޯދަން އެހެން ތާކަށް ދާން ނުޖެހޭނެކަން އަޝްޖައު ޔަގީންކޮށްދެ އެވެ. އެކި ބްރޭންޑްތަކުގެ ޖީންސާއި، ފަހުގެ ފަޓުލޫނު، އައިނު، ތޮއްފި، ފައިވާން، ބޮކްސާ، އަދި ސޯޓް ވެސް ލިބެން އެބަ ހުއްޓެވެ.
ކައުރީ ބްރޭންޑްގެ ޓީޝާޓާއި ސޯޓް ޒުވާނުންގެ މެދުގައި އަންނަނީ މަގުބޫލުވަމުން
ބޭރުގެ އެ ބްރޭންޑްތަކާ ވެސް އެކު އިލާލާއިން އީދަށް މަރުހަބާ މި ކިޔަނީ އެ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ" ގެ ޕްރޮޑަކްޓް ލައިނަށް ގެނެސްފައިވާ ޓީޝާޓާއި ސޯޓުންނެވެ. ދިވެހިވަންތަ ހަތް ޑިޒައިނެއްގެ ޕްރިންޓާއެކު މިދިޔަ އަހަރު ފަހު ކޮޅު ބާޒާރަށް ނެރެފައިވާއިރު ކައުރީގެ ޓީޝާޓާއި ސޯޓަށް ދިވެހި ޒުވާނުންގެ ގަޔާވުން އިތުރުވީ، ގަޔަށް ފަސޭހަ، އަރާމު، ފެންވަރު ރަނގަޅު ފޭރާމަކުން ވިޔެ، ތައްޔާރުކޮށްފައިވާތީ އެވެ. ކައުރީގެ ޓީޝާޓަކީ މިފަހަރު އީދަށް ސަޅި ހެދުމެކެވެ.
އިލާލާ ފިހާރައަށް ޒިޔާރަތްކޮށް ވިޔަފާރިކުރުމުގެ އިތުރުން، ފޭސްބުކް، ވައިބަ، ވަޓްސްއެޕުން ވެސް އޯޑަރުކޮށްލެވޭނެ އެވެ. މާލެ، ހުޅުމާލެ، އަދި ބޯޓަށް ވެސް ހިލޭ ޑެލިވަރީ ކޮށްދެ އެވެ.
ވައިބާ، ވަޓްސްއެޕް: 9677830
Comment