ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

ނުވަ ވަނަ ބަޔާ ގުޅޭ

"ދަނީ." ރަންދާ ކޮޅަށް ތެދުވި އެވެ.

"މަޑުކޮށްލެވޭނެތަ؟ ހާދަ އަވަހަށް ތި ދަނީ." ހަމްދާނު ބުނެލި އެވެ.

"މުހިއްމު ކަމެއް ނެތެއްނު. މަޑުކުރުމުގެ ބޭނުމެއް ވެސް ނެތެއްނު." ރަންދާ ހިނގައިގަތެވެ.

"ރަން، މަޑުކޮށްލަބަލަ. އަހަރެން ގެއަށް ލައިދެންތަ؟ ޑްރޮޕް ކޮށްލަދީފާނަން." ހަމްދާނު ކަނާއަތް ހިއްލައިލި އެވެ.

ބަދަލުގައި ރަންދާ ހިނިތުންވެލި އެވެ. ބޮލުން އިޝާރާތްކޮށްލި އެވެ. ހަމްދާނަށް ކަނާއަތް މުއްކަވާލެވުނެވެ. ގަޔާ ގާތަށް އަތް ދަމާލި އެވެ. ކާމިޔާބީ ފާހަގަކުރާ ގޮތަށް ހަދައިލެވުނެވެ. ރަންދާ އައިސް ހަމްދާނާ އަރާ ހަމަކުރި އެވެ. ހަމްދާނު ހިނގައިގަތީ ޕާކުގެ މައި ދޮރާ ދިމާއަށެވެ. ރަންދާ ވެސް އޭނާއާ އެއްހަމައެއްގައި ހިނގަމުން ދިޔަ އެވެ. ހަމްދާނު ފަހަތް ބަލައިލި އެވެ. ސޮބާހު ހުރީ އެ މީހުންނާ ދިމާ ބަލާށެވެ. ހަމްދާނު ބޮޑުވާ އިނގިއްޔާއި ކުޑަވާ އިނގިލި ހުޅުވާލާ މެދު ތިން އިނގިލި ލަނބާލަމުން ސޮބާހަށް ހަރަކާތެއް ކޮށްލި އެވެ. އޭނާއަށް އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ދެކިގެންނެވެ.

ސައިކަލަށް އެރުމަށްފަހު ދާންވީ ތަން އަހައިލި އެވެ.

"ވަކި ތަނެއް ނެތް." ރަންދާ ބޭނުންވީ ހަމްދާނު ބޭނުންވެގެން އުޅޭ ކަންކަން ފުރިހަމަކޮށްދޭށެވެ.

"ކޮފީއަކަށް ދަމާ." ހަމްދާނު ދައުވަތު ދިނެވެ.

ރަންދާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. ރަންދާ ފުން ނަޒަރަކުން ބަލަން ހުރީ ހަމްދާނަށެވެ. ސީދާ އޭނާގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. ހަމްދާނަށް ބަލައިލެވުނީ ވެސް ރަންދާގެ މޫނަށެވެ. އިއްތިފާގަކުން ދެމީހުންގެ ހަތަރު ކަޅި ހަމަވި އެވެ. ހަމްދާނަށް ކުރެވުނީ ކަރަންޓުގައި ޖެހުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ނޭނގޭ ކަށިތަކެއް ގައިގެ އެތަން މިތަނަށް ހެރެމުންދާ ކަމުގެ އިހުސާސެވެ. މަޑުމަޑުން އޭނާއަށް ރަންދާއާ ކައިރިވެވުނެވެ.

"ތިޔަ ތޫނު ކަޅި ރަވައިން ހިތްތައް ކަތިލަންތަ؟" ވައި އަޑުން ހަމްދާނު އަހައިލި އެވެ.

"ތިޔަ ތޫނު ހަންޖަރުން މީހުން ޒަހަމު ކުރަންތަ؟" ރަންދާ ވެސް ވައި އަޑުން އެ ވަޒަނަށް ސުވާލު ކޮށްލިއެވެ. "މައުސޫމު ހިތްތައް ކަތިލަންތަ؟"

ކުއްލިއަކަށް ކާރެއްގެ ބަރުގޮނު އަޑާއެކު ދެ މީހުންނަށް ހޭވެރިކަން ވެރިވި އެވެ. ނޫންކަމަށް ހެދެމުން ހަމްދާން ސައިކަލަށް އެރި އެވެ. އެއަށްފަހު ފަހަތު ޝީޓަށް އިޝާރާތްކޮށްލި އެވެ. ރަންދާ ސައިކަލަށް އެރި އެވެ. މަޑުމަޑުން ހަމްދާނުގެ އުނަގަނޑުން ދެ ފަރާތުގައި ޖެހޭ ނުޖެހޭވަރުގައި އަތް ބާއްވާލިއެވެ.

ހަމްދާނު ސައިކަލް އިސްޓާޓުކޮށްލި އެވެ.

"އޯކޭ ދޯ ބުރެއް ޖަހައިލިޔަސް." ހަމްދާނު ބާރަށް ބުނެލި އެވެ.

"ހަމްދާނު ބޭނުން ގޮތެއް." ރަންދާ ހިނިތުންވެލި އެވެ.

ހަމްދާނު ގަސްތުގައި ސައިކަލް ދުއްވާލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ރަންދާއަށް ލިބުނު ކުއްލި ސިހުމާއެކު ހަމްދާނުގެ ބުރަކަށީގައި އޭނާ ތަތްވި އެވެ. އަވަސް އަވަހަށް ރަންދާ ދުރަށް ޖެހިލި އެވެ.

"ކިހިނެއްވީ؟ އެގޮތް މާސަޅިއޭ." ސައިކަލްގެ ލޯގަނޑުން ރަންދާގެ މޫނަށް ބަލައިލަމުން ހަމްދާނު ހިނިތުންވެލި އެވެ.

ބަދަލުގައި ރަންދާ ހިނިތުންވެލި އެވެ. އޭނާ ނޫން ކަމަށް ހެދި ހަމްދާނުގެ ބުރަކަށީގައި ބައްދާލި އެވެ. ހަމްދާނުގެ ވައަތުން ރަންދާގެ ވައަތުގައި ހިފައިލި އެވެ. އޭނާ މަޑުމަޑުން ރަންދާގެ އަތަށް ދަމައިލި އެވެ. އެ އަތް ގެންގޮސް ހަމްދާނުގެ މޭގައި ޖައްސާލި އެވެ. ރަންދާއަށް ދޭހަވި އެވެ. ހަމްދާނު ބޭނުންވި ގޮތެވެ. އެހެންވެ އޭނާ ނޫން ކަމަށް ހެދިގެން އިނދެ ހަމްދާނާ ކައިރިވި އެވެ. ހަމްދާނުގެ ގައިގައި ތަތްވެގަތެވެ. ހަމްދާނު ލޯ މަރައިލިއެވެ.

"ތޭންކްސް. ފޭސް ޓޫގަ ދުއްވާލައިފަ ދާނީ ދޯ." ހަމްދާނު ލޯ މަރައިލި އެވެ.

"ހަމްދާނު ބޭނުން ގޮތެއް. ރީތި މީހެއްގެ ފަހަތުގައި މިހާ ލޯބިކޮށް އިނދެ ދުއްވާލަން އަބަދަކު ފުރުސަތެއް ނުލިބޭނެ." ހަމްދާނުގެ ކޮނޑުގައި ދަތްދޮޅި ޖައްސައިގެން އިނދެ ރަންދާ ބުނެލި އެވެ.

"އާން. ޕަރީއެއް ސައިކަލަށް އަރުވައިގެން ދުއްވާލަން ލިބުމަކީ ވާނެ ކަމެއް ނޫންދޯ. މިއީ ހަމަ ނަސީބެއް." ހަމްދާނުގެ މޫނު ރަންދާގެ މޫނާ ކައިރިކޮށްލި އެވެ.

އެއާއެކު ރަންދާގެ ތުންފަތް ޖެހުނީ ހަމްދާނުގެ ކޯތާފަތުގަ އެވެ. ހަމްދާނު ބޭނުންވީ އެ ބީހުން ދިގުދެމިގެންދާށެވެ. ރަންދާ ދުރަށް ޖެހިލިއެވެ. އޭރު އެމީހުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މެދު ދާލަމާހަމައަށް ދެވެނީއެވެ.

"މި ވަރަށް ސަޅި ތަނެއް. އަހަރެން އަދި އަލަށް މި ތަނަށް މި އައީ. ހިނގައިބަލަ މަޑުކޮށްލާ ސެލްފީއެއް ނަގައިލަން." ރަންދާ ބުނެލި އެވެ.

ހަމްދާނު ހީނލި އެވެ. ސައިކަލް މަޑުކޮށްލީ ދާލަން ކައިރިއަށެވެ.

"އާ ވަރަށް ގިނަ ކަންކަން ހުންނާނެ. މަޑުމަޑުން ތި އާކަން ކަނޑުވަން ޖެހޭނީ." ހަމްދާނު ދެ މާނަ އެކުލެވިގެންވާ ރާގެއްގައި ބުނެލި އެވެ.

"އެ ކިހިނެއްބާ؟" ރަންދާ ނޭނގޭ ކަމަށް ހެދުނެވެ.

"ތަޖުރިބާކޮށްގެން. ކަން ކުރީމަ ހުންނާނީ އާ ކަން ކެނޑިފައެއްނު. ތަޖުރިބާ ކުރެވިފައެއްނު." ހަމްދާނު ހީނލި އެވެ.

"ވަރަށް ތަޖުރިބާ ހުރިހެން ހީވަނީ." ރަންދާ ހިނގައިގަތީ ދާލަމާ ދިމާއަށެވެ.

"ފުދޭވަރަކަށް." ހަމްދާނު ހީނލި އެވެ.

"އެ ކިހާ ވަރެއްބާ؟" ރަންދާ ލޮލަށް ގޮތެއް ހަދައިލި އެވެ.

"ހިތްހަމަ ޖެހޭވަރު. ނޭނގިގެން ލަދުގަންނަން ނުޖެހޭވަރު." ހަމްދާނު ފުން މާނައެއް ހިމަނައިގެން ދައްކަމުން ދިޔައީ އެހެން ވާހަކައެކެވެ.

ރަންދާއަށް އެކަން އެނގުނެވެ. ނަމަވެސް ރަންދާގެ މިސްރާބު ހުރީ މުޅީން އެހެން ދިމާއަކަށެވެ. އޭނާ ބޭނުންވަނީ ވީހާ ވެސް ބޮޑަށް ހަމްދާނު ބުޅީގެ ތެރެއަށް އަމުނާލާށެވެ. ނޫން ކަމަށް ހެދިގެން ހުރެ މަޑުމަޑުން ކާންދޭށެވެ. ކާންދީ ދަހި ކުރުމަށްފަހު އަމުނައިލާ ދަމާ ގެންނާށެވެ.

އެކަން ހަމްދާނަކަށް ނޭނގެ އެވެ. އޭނާ ބޮލަށް ސަވާރުވެފައި އިން އިބިލީސް ދައްކަމުން ދިޔައީ މުޅީން ތަފާތު މަގެކެވެ. ހަމްދާނަށް އެކަން ފަހުމެއް ނުވެ އެވެ. އޭނާ ކާންދިނީ އިބިލީހަށެވެ.

"ހަމަ ބްރޭންޑް ނިއު ތަ؟" ހަމްދާނު އަހައިލި އެވެ.

"ވިއްކައެއް ނުލާ، އެހެންވީމަ ބްރޭންޑް ނިއު ވާނެ ދޯ." ރަންދާ ހީނލި އެވެ.

"ސޯ ފަނީ." ހަމްދާނު ވެސް ހޭން ފެށި އެވެ.

"ކޭން އައި ރިޕީޓް ސޭމް ސުވާލު." ރަންދާ ތުއި ވެލި އެވެ.

"ރީޓެއިލްކުރުމުގަ އުމުރުން ވީހާ ދުވަހެއް. އެކަމަކު އެބަ ޖެހޭ ހޯލްސޭލް ފިހާރައެއްގެ އެހީ ހޯދަން." ބޮޑު ހިނިތުންވުމެއް މޫނުމަތީގައި ކުރަހަމުން އޭނާ ވާހަކަދެއްކި އެވެ.

"ކިހިނެއް އެހެން ވާނީ؟" ރަންދާ ހައިރާން ކަމާއެކު ބުނެލި އެވެ.

"އަދި ވިސްނޭނެ. އަހަރުމެންގެ އުފަލަކީ ރީޓެއިލް ވިޔަފާރިތަކުން ފައިދާ ލިބިގަތުން. ހޯލްސޭލް ކުރާނީ މަހުޖަނުން. ވިޔަފާރިވެރިން. އަހަރުމެން މިއީ އަދި މެދުފަންތީގެ މީހުން. އަޑުއަހަމެއްނު އިރުއިރު ކޮޅުން ހަބަރުގައި ކިޔާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެއްގެ ވާހަކަ. އެކަހަލަ މީހުން މިއީ."

"އައި ސީ؟ ބައިދަ ވޭ ކޮން ބިޒްނަސްއެއްތަ؟" ރަންދާ ހުއްޓިލީ ބުރިޖުގެ މައި އެއް ތަނބު ކައިރީގަ އެވެ.

"ހަމައެކަނި ވިއްކުން. މިއީ ސަރވިސް ސެކްޓަރއެއް." ހަމްދާނު ނިތް އަރުވާލި އެވެ.

"ތިބުނީ؟" ރަންދާ ނޭނގޭ ކަމަށް ހެދި އެވެ.

"އަހަރުމެންމީ ހިދުމަތް ދޭ ބަޔެކޭ. މި ބުނީ ހިދުމަތް ވިއްކާ ބަޔެކޭ. އަހަރުމެންގެ ވަކި ހާއްސަ ތަނެއް ހުނުންނާނެ. ކަސްޓަމަރު ބޭނުންވީމަ ގޮސް ހިދުމަތްދިނުން އޮންނާނީ." ހަމްދާނު ލާނެތް ގޮތަކަށް ހީނލި އެވެ.

"ކޮންކަހަލަ ހިދުމަތެއް ތި ދެނީ. އަނެއްކާ މޭކަޕް ކޮށްދެނީތަ؟" ރަންދާ އަހައިލި އެވެ.

"ކިހިނެއް ރަންދާއަށް އެނގުނީ؟" ހަމްދާނު އަހައިލި އެވެ.

"ހީވީ ދެން. އެކަމަކު ބޯއީސްތަ؟" ރަންދާ ހައިރާންވި އެވެ.

"ކިހިނެއްވީ؟ ދުނިޔޭގެ އެންމެ މަގުބޫލު މޭކަޕް އާޓިސްޓުން ގޮތުގައި އެ ތިބީ މުޅީން ވެސް ފިރިހެނުން. ފެޝަން ޑިޒައިނަރުންގެ ގޮތުގައި ވެސް އެ ތިބީ ފިރިހެނުން ނެއް ނޫންތަ؟ ދިވެހިންގެ ވިސްނުން އަދިވެސް ހަމަ އަށްޑިހައިގައި." ހަމްދާނު މޫނުމަތިން ފޫހިކަމުގެ ކުލަވަރު ފާއްދާލި އެވެ.

"ރުޅި އައީތަ؟" ރަންދާ ކަރު އެލުވާލި އެވެ.

"ވަރަށް ގިނަ މީހުން ބުނާ ވާހަކައެއްވީމަ. އެކަމަކު ދިވެހިން ވެސް މިހާރު ބަދަލުވޭ އެބަ. ވަރަށް ގިނަ ކަސްޓަމަރުން ބުނާނެ އަހަރެން މާ ކަމުދެޔޭ. ތަފާތޭ. ހިތްހަމަ ޖެހެޔޭ. އެހެންވެ ގިނައިން މި ތިބެނީ އެއް ކަސްޓަމަރުންތަކެއް. އަހަރެންގެ ލޯޔަލް ކަސްޓަމަރުން."

"ތި ޖެހުނީ ތިކަމާ އުޅޭށެއްނު. އަހަރެން ހީކުރީ؟" ރަންދާ ހުއްޓައިލި އެވެ.

"ތިހާ ފިރިހެންވަންތަ، ރީތި މީހަކު އެ ކަހަލަ އާދައިގެ ކަމެއް ކުރާނެބާއޭ."

"ތިއޭ އަހަންނަށް ގިނަ ކަސްޓަމަރުން ލިބޭ ކަމަކީ. ސަރވިސް ދޭ މީހާއަކީ ވެސް ކަސްޓަމަ ކެއާ އަށް މުހިއްމު މީހެއް." ހަމްދާނު ފޯނު ނަގައި ރަންދާއާ ދިމާއަށް ދިއްކޮށްލި އެވެ.

ރަންދާ ތުއި ވެލަމުން އެއް އަރިއަށް ހުއްޓިލާ ހަމްދާނުގެ ފޯނަށް ބަލައިލި އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox