Advertisement

ރެޑްވޭވުން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު 10000ރ. އިން ޖޫރިމަނާކޮށްފި

17 އޭޕްރީލް 2022 - 11:34 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރެޑްވޭވް ފިހާރައެއް ތެރެ؛ ރެޑްވޭވް ފިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނެގި މީހެއްގެ މައްޗަށް ވަނީ ހުކުމެއް ކޮށްފައި -- ފައިލް ފޮޓޯ: އަދަދު


ރެޑްވޭވުން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު 10000ރ. އިން ޖޫރިމަނާކޮށްފި

17 އޭޕްރީލް 2022 - 11:34 0

މާލޭގެ މާފަންނު ކާނޭޝަން މަގުގައި ހުންނަ "ރެޑްވޭވް ޒޯން" ފިހާރައިން ފައިސާ ނުދައްކައި ސެންޓު ފުޅިއެއް ނަގައިގެން ބޭރަށް ދާން މަސައްކަތް ކުރި ކަމަށް އެއްބަސްވުމުން 10،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން މި މީހާގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުން ކުރާ ދައުވާގެ ޚުސާލާގައިވާ ގޮތުން ޑިސެމްބަރު 28، 2020 ގައި އޭނާ ރެޑްވޭވް ފިހާރައެއް ވަނުމަށް ފަހު ނަގައިގެން ގެންދަން އުޅުނީ ބެންބޫ ބްރޭންޑްގެ ސެންޓު ފުޅި އެކެވެ.

ގާޒީ މުހައްމަދު މިސްބާހް ބެއްލެވި މި މައްސަލާގައި، އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ދައުވާ ރައްދުވާ ފަރާތުން ވަނީ އެ ދައުވާއަށް އިއުތިރާފް ވެފަ އެވެ. ދައުވާގައި ބުނާ ކުށް ކޮށްފައިވާނެ ކަމަށާއި އިސްލާހު ވާން ބޭނުންވާ ކަމަށް ވެސް އޭނާ ޝަރީއަތުގައި ބުނެފައިވެ އެވެ.

ކުށަށް އިއުތިރާފް ވުމުން އަވަސް ނިޔާގެ ދަށުން ބޭއްވި ޝަރީއަތުގައި ދައުލަތުން އެދުނީ 1 މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. އަދަބު ލުއިކޮށްފައި ދައުލަތުން އެދުނީ ކުށަށް އިއުތިރާފް ވުމުން ގާނޫނުގައި އޮންނަ ލުޔަށް ރިއާޔަތްކޮށްފަ އެވެ.

ނަމަވެސް މަންމައަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކަށް ވާތީ ޖޫރިމަނާއެއްގެ އަދަބަކަށް ލުއިކޮށްދޭން އޭނާ އެދުނެވެ. އަދަބުގެ ބާވަތް ބަދަލު ކުރަން ގާޒީއަށް ގާނޫނުގައި އޮންނަ އިހުތިޔާރުގެ ދަށުން ވަނީ 10،800 ރ. ގެ ޖޫރިމަނާއަކަށް އަދަބު ބަދަލުކޮށް ހުކުމް ކޮށްފަ އެވެ.