Advertisement

އެކްސްޕޯޓު އަދަދުތައް މަތިވެ އާމްދަނީ އިތުރުވެއްޖެ

14 އޭޕްރީލް 2022 - 21:03 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އެމްޕީއެލްގެ ބަނދަރުގެ ތެރޭގައި މަޖޫރީއަކު ކޮންޓެއިނަރުތަކެއް ކައިރިން ހިނގާފައި ދަނީ: ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެ ކުރަނީ އޮމާނާއި ޔޫއޭއީ އިން. ފޮޓޯ: އަދަދު


އެކްސްޕޯޓު އަދަދުތައް މަތިވެ އާމްދަނީ އިތުރުވެއްޖެ

14 އޭޕްރީލް 2022 - 21:03 0

ރާއްޖެއިން މިދިޔަ މާޗު މަސްތެރޭ އެކްސްޕޯޓުކުރި މުދަލުގެ އަގު 28 ޕަސަންޓު ކުރިއަށްޖެހިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްއިން މިއަދު އާންމުކުރި މާޗު މަހުގެ ތަފާހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ 432 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާކިޔާއިރު 28 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެއާއެކު ދައުލަތަށް ރޯޔަލްޓީ ފަދަ ފީތަކުން ލިބުނު އާމްދަނީގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާކިޔާއިރު 21 ޕަސަންޓު ކުރިއަރައިފަ އެވެ. ޖުމްލަ އާމްދަނީ އުޅެނީ 319 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގު އުޅެނީ 3.4 ބިލިއަނުގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާކިޔާއިރު 15 ޕަސަންޓުގެ އިތުރުވުމެކެވެ.

އެކްސްޕޯޓުގެ ތަފާސްހިސާބަށް ބަލާލާއިރު، ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ ޖުމްލަ އަދަދުގެ 49 ޕަސަންޓެވެ. އިނގިރޭސިވިލާތަށް 11 ޕަސަންޓު މުދާ ބޭރުކުރިއިރު މޮރިޝަސްއަށް ވަނީ ނުވަ ޕަސަންޓުގެ މުދާ ބޭރުކޮށްފަ އެވެ. އަދި، ޖަރުމަނާއި އިންޑިއާއަށް ބޭރުކޮށްފައިވަނީ ޖުމްލަ އެކްސްޕޯޓު ކުރި މުދަލުގެ ފަސް ޕަސަންޓާއި ހަތަރު ޕަސަންޓެވެ.

އިމްޕޯޓަށް ބަލާއިރު، އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުންނާއި ޔޫއޭއީ އިންނެވެ. އެ ދެގައުމު ވެސް ވަނީ އެތެރެ ކުރި މުދަލުގެ ޖުމްލަ 16 ޕަސަންޓު ހިއްސާކޮށްފަ އެވެ. އޭގެ ފަހުން އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރުންނެވެ.

ރާއްޖެއިން އެންމެ ގިނައި ބޭރުކުރި މުދަލަކީ ކަނޑުމަހުގެ ބާވަތްތަކެވެ. ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކާއި ކަރަންޓު ސާމާނާއި މެޝިނެވެ. އޭގެ ފަހުން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެއްޗާއި ކެމިކަލުން އުފައްދާ މުދަލެވެ.