Advertisement

ފިޝަރީޒް މިނިސްޓަރު، "އީދާރީ އޮޅުމަކުން" މަޖިލީހަށް ހާޒިރުކޮށް، ސުވާލުކޮށްފި

11 އޭޕްރީލް 2022 - 11:40 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް


ފިޝަރީޒް މިނިސްޓަރު، "އީދާރީ އޮޅުމަކުން" މަޖިލީހަށް ހާޒިރުކޮށް، ސުވާލުކޮށްފި

11 އޭޕްރީލް 2022 - 11:40 0

ރައްޔިތުންގެ މަޖިލީހުގެ އިދާރީ އޮޅުމަކުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައިވަނީ ސައުދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް އިއުލާނުކޮށް އެ މަސައްކަތް ކުރިއަށްނުދާތީ އެކަން ސާފުކުރަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވުމުގެ އިތުރުން ސުވާލު ކުރުމުގެ އިތުރު ވަގުތުގައި އެހެން މެމްބަރުން ކުރެއްވި ގިނަ ސުވާލުތަކަށް ވެސް މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފަ އެވެ.

ސުވާލުކުރުމުގެ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލީހުގެ އިދާރީ އޮޅުން ފާހަގަކުރައްވައިފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ވަހީދު ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ (ހ)


ވަޒީރަކާކުރާ ސުވާލަކީ، މަޖިލީހުގެ ޖަލްސާއަކަށްްް ހާޒިރުނުވެ، މަޖިލިސް މެދުވެރިކޮށް، ލިޔުމުންްް ހޯދަންްް ބޭނުންވާ ޖަވާބެއް ކަމުގައިވާނަމަ، މި މާއްދާއަށް ހަވާލާދީ ސުވާލު މަޖިލީހުގެ އިދާރާ މެދުވެރިކޮށްްް ފޮނުވުމުން، އެ ސުވާލުގެ ޖަވާބު ވަޒީރު ލިޔުމުންް ދޭންވާނެ އެވެ. އެ ސުވާލުގެ ޖަވާބު ދޭ ވަޒީރު، އޭނާގެ ޖަވާބު ފޮނުވާނީ މަޖިލީހުގެ ރައީސް މެދުވެރިކޮށެވެ.

އެ ގަވައިދުގެ 80 ވަނަ މާއްދާއަކީ ލިޔުމުން ޖަވާބު ހޯދުންކަމަށްވާއިރު، ވަހީދު މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު މަޖިލީހަށް ފޮނުއްވި ލިޔުމުގައި ވެސް އޭނާ ކުރައްވާ ސުވާލުގެ ޖަވާބު ލިޔުމުން ހޯދައި ދެއްވުމަށް އޭނާ ސާފުކޮށް އެދިފައިވެ އެވެ.

ޝަރީފް ނެންގެވި ނިޒާމީ ނުކުތާ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބަލައިގަންނަވައި، ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރެވުނީ އޮޅުމަކުން ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

"މިއަދުގެ މި ކަންތައް މި ހިނގާދިޔައީ މިކަން ހިނގާންވީ ގޮތަކަށް ނޫން،" ޑރ. ހުސެއިންގެ އަރިހުން މައާފަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވި އެވެ.

އެއާއެކު ނަޝީދު ވަނީ މިނިސްޓަރާ ސުވާލުކުރުން އެ ހިސާބުން ނިމުނީ ކަމަށް އިއުލާނުކުރައްވައިފަ އެވެ.