Advertisement

އޭޑީކޭއިން "ކޮވިޑް ހީރޯސް" ގެ އަގު ވަޒަންކޮށްފި

9 އޭޕްރީލް 2022 - 09:33 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

'ކޮވިޑް ހީރޯސް' ގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި- ފޮޓޯ؛ އޭޑީކޭ ހޮސްޕިޓަލް


އޭޑީކޭއިން "ކޮވިޑް ހީރޯސް" ގެ އަގު ވަޒަންކޮށްފި

9 އޭޕްރީލް 2022 - 09:33 0

ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި އެކި ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ފްރޮންޓްލައިނުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ހާއްސަ ޖަލްސާއެއް ބާއްވައިފި އެވެ. އެ ޖަލްސާ ބާއްވާފައިވަނީ ބުދަ ދުވަހު އެވެ.


އެ ރަސްމިއްޔާތުގައި އޭޑީކޭގެ މެނޭޖިންގް ޑިރެކްޓާ، އަހްމަދު އައްފާލްގެ އިތުރުން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރާއި ޑރ. ފާތިމަތް ނަޒްލާ ރަފީއު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގެ ބައިވެރިންނަށް އޭޑީކޭގެ ފަރާތުން ވަނީ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް އަރުވާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ ކޮވިޑްގެ ހާލަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފްރޮންޓްލައިންގެ ހިދުމަތްތެރިންނަށް ފަށްފަށުން ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިހު އޮތް ނުރައްކާތެރި ހާލަތުން ގައުމު ސަލާމަތްވުމުގެ އަސްލަކީ އެ ބޭފުޅުންގެ މިންނަތް މަސައްކަތް ކަންވެސް އޭނާގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.