Advertisement

އެމްއެޗްއޭއިން ވިޔަފާރިކޮށްގެން ފަސް ޕަސެންޓް އަނބުރާ ވޮލެޓަށް

9 އޭޕްރީލް 2022 - 15:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އެމްއެޗްއޭއިން ވިޔަފާރިކޮށްގެން ފަސް ޕަސެންޓް އަނބުރާ ވޮލެޓަށް

9 އޭޕްރީލް 2022 - 15:35 0

އެމްއެޗްއޭއަށް 50 އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ޑިސްކައުންޓް ސްކީމެއް ފަށައިފި އެވެ.

ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާތާ ބައިގަރުނުވީ އެމްއެޗްއޭ އިން ފަށާފައިވާ "ލޯޔަަލްޓީ ޕްރޮގްރާމް" އަކީ ޑިސްކައުންޓް ޕްރޮގްރާމެކެވެ. ނަމަވެސް އެހެން ވިޔަފާރިތަކުން ދޫކުރާ ޑިސްކައުންޓްތަކާއި މި ޕްރޮގްރާމް ވަރަށް ތަފާތެވެ. މި ޕްރޮގްރާމްގައި ކަސްޓަމަރަށް ފައިސާ ލިބޭނެ ގޮތެއް އެބަ އޮތެވެ.

އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހްމަދު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމް ހިނގާ ގޮތަކީ އެމްއެޗްއޭގެ ފިހާރައަކުން ވިޔަފާރިއެއް ކުރުމުން ކުރި ވިޔަފާރީގެ އަގުގެ ފަސް ޕަސެންޓް، އެމްއެޗްއޭގައި ހުޅުވާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާ ކުރަނީ އެވެ. އެކަމަކު ފައިސާ ލިބޭނީ ދެވަނަ ފަހަރަށް ވިޔަފާރި ކުރަން އައުމުންނެވެ. ފަހުން ކުރާ ވިޔަފާރީގެ ބިލުން، ކުރިން ޖަމާވެފައިވާ ފަސް ޕަސެންޓަށްވާ ފައިސާ އުނިކުރާނެ އެވެ.

އެކައުންޓަށް ޖަމާވެފައިވާ ފައިސާ ބިލުން އުނިކުރާނީ ކަސްޓަމަރު ބޭނުން ވުމުންނެވެ. ނޫނީ، ކޮންމެ ފަހަރު ވިޔަފާރީ ކޮށްގެން ލިބޭ ފަސް ޕަސެންޓްގެ ފައިސާ ދާނީ ޖަމާވެ، ގިނަ ވަމުންނެވެ.

"މިސާލަކަށް ކަސްޓަމަރަކު އައިސް 100 ރުފިޔާ މި ހޭދަކުރަނީ އެމްއެޗްއޭގެ ފިހާރައަކަށް، އޭރަށް އަޅުގަނޑުމެން ކަސްޓަމަރުގެ އެކައުންޓަށް ފަސް ރުފިޔާ މި ޖަމާ ކޮށްދެނީ، މި ފަސް ރުފިޔާ ލިބޭނީ ދެން ފިހާރައަށް ވިޔަފާރި ކުރަން އައުމުން، މި ގޮތަށް ގިނަ އަދަދެއްގެ ފައިސާ އަނބުރާ ލިބޭނެ ގޮތް ހެދޭނެ،"

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، އެމްއެޗްއޭގެ ފިހާރައަކަށް ގޮސް ރަޖިސްޓާ ވާން ޖެހޭނެ އެވެ. ފިހާރައިގެ ކައުންޓަރުގައި އެހުމުން ރަޖިސްޓާ ކޮށްދޭނެ އެވެ. މި ގޮތަށް ކަސްޓަމަރުގެ ފޯނު ނަންބަރަށް ފޮނުވޭ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އެއް މެދުވެރިކޮށް ރަޖިސްޓާ ކޮށްދެވޭނެ އެވެ.

ސޮފްވާން ވިދާޅުވީ ކަސްޓަމަރަކު ކުރި ވިޔަފާރިން އަނބުރާ ކަސްޓަމަރަށް އެހާ ގިނަ ފައިސާ ހޯދޭނެ އިތުރު ސްކީމެއް ރާއްޖޭގައި ނެތުމުން މިއީ ބައިވެރިވާން ރަނގަޅު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ކަސްޓަމަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ ހާއްސަ އެހެން ޕްރޮމޯޝަން ވެސް ހިނގަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެޗްއޭގެ ދެ ފިހާރައެއް މާލޭގައި މި ވަގުތު ހިންގަ އެވެ. އެއް ފިހާރަ ހުންނަނީ އަރަބިއްޔާ ފްލެޓްތައް ހުންނަ މާލެ ގްރޭންޑް ސަރަހައްދުގަ އެވެ. އަނެއް ފިހާރަ ހުންނަނީ ފަރީދީ މަގާއި އާބުރުޒު ހިނގުން މަގުގެ ކަންމައްޗަށްވާ ގޮތަކަށެވެ.