Advertisement

ތިނަދޫ އިން މީހުން ބޭލި މައްސަލައިގައި މާލޭގައި ބާއްވާ އަޑުއެހުންތައް ފަސްކޮށްފި

24 މާރިޗު 2022 - 17:05 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ތިނަދޫގައި ކުރިޔަށްގެންދިޔަ އާއްމު އަޑުއެހުންތަކުގެ ތެރެއިން އޮމްބަޑްސްޕާސަންގެ އޮފީހުގެ އިސްވެރިން. އެ އަޑުއެހުންތަކަކީ 1962 ވަނަ އަހަރު ތިނަދޫ ފަޅުކޮށްލި ހާދިސާއާއި ގުޅިގެން ބޭއްވި އަޑުއެހުންތަކެއް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ތިނަދޫ އިން މީހުން ބޭލި މައްސަލައިގައި މާލޭގައި ބާއްވާ އަޑުއެހުންތައް ފަސްކޮށްފި

24 މާރިޗު 2022 - 17:05 0

މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ގދ. ތިނަދޫ އިން މީހުން ބާލައި ރަށް ފަޅުކޮށްލި ހާދިސާ އާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މާލޭގައި ބާއްވަން ތާވަލުކުރި އަޑުއެހުންތައް ފަސްކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެން ތިނަދޫގައި ބޭއްވި އަޑުއެހުންތައް ނިންމާލާފައިވާއިރު މާލޭގައި އަޑުއެހުންތައް ބާއްވާން ނިންމާފައި ވަނީ މާޗް 27 ގަ އެވެ. ނަމަވެސް، މިއަދު ނެރުނު ބަޔާނެއްގައި އެ އޮފީހުން ވަނީ މާލޭގައި ބާއްވާ އާންމު އަޑުއެހުންތައް ފަސްކޮށް ފަހުން ތާރީހު ހާމަކުރާނެ ކަމަށް ބުނެފަ އެވެ.

"މާލޭގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕަބްލިކް ހިއަރިންގގައި އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ފަރާތްތައް ނެތުމާއެކު، ޕަބްލިކް އަރިންގގެ އަޑުއެހުންތައް ބޭއްވުން ފަސްކުރެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަން،" އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި ތިނަދޫގައި ތިން ދުވަހަށް ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ގާތްގަނޑަކަށް 15-20 މީހުން ބަޔާން ދީފައިވެ އެވެ. އެ އަޑުއެހުންތަކަކީ އޮމްބަޑްސްޕާސަންގެ އޮފީހުގެ ތަހުގީގުގެ މަރުހަލާގެ ތެރެއިން ރަށް ފަޅުކޮށްލި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ވާހަކަތައް ކިޔައިދިނުމަށް ބޭއްވި އަޑުއެހުންތަކެކެވެ.

އޭގެ އިތުރުން، އެއީ މައްސަލައިގެ އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށާއި މައްސަލައިގެ ހަގީގަތް ހޯދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދިޔަ އަޑުއެހުންތަކެކެވެ.

އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅަމުން ތިނަދޫ ކައުންސިލުން ހަ ކަމަކަށް އެދިފައިވެ އެވެ. އެއީ؛

  • ތިނަދޫއިން މީހުން ބޭލި މައްސަލަ ތަހުގީގު ކޮށްދިނުމަށް؛
  • ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް؛
  • ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމަށް؛
  • ތިނަދޫއިން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް
  • ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ "ގަތުލުއާންމު" ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދިނުމަށް،
  • މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން "ގދ. ތެނަދޫ ވެލާނާގެ" ނަމަށް ބަދަލުކޮށްދެއްވުން.

ތިނަދުއިން މީހުން ބޭލި ހާދިސާއަކީ 1962 ވަނަ އަހަރު ހިނގައިދިޔަ ސުވަދީބް ބަގާވާތާއި ގުޅިފައިވާ ހާދިސާއެކެވެ. އެ ބަގާވާތުގެ ތެރެއިން، ރާއްޖޭގެ ދައުލަތުން ވަކިވެގަތުމަށް މަސައްކަތްކުރި ކަމަށް ބުނާ ދެކުނުގެ ތިން އަތޮޅުގެ މައި ރަށްކަމުގައިވާ ތިނަދޫ އަށް އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެންނެވިކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

އޭގެ ފަހުން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދޫ އިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

.

/