Advertisement

ދިޔަމިގިލީގައި މުދިމަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

13 މާރިޗު 2022 - 11:36 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ތ. ދިޔަމިގިލި ހެލްތް ސެންޓަރު: މިހާރު އެ މިހާއަށް ފަރުވާދެމުން ދަނީ ހެލްްތް ސެންޓަރުގައި ނަމަވެސް އިތުރު ފަރުވާ ދިނުމަށް ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ދިޔަމިލިލި ހެލްތް ސެންޓަރު/ ފޭސްބުކް


ދިޔަމިގިލީގައި މުދިމަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

13 މާރިޗު 2022 - 11:36 0

ތ. ދިޔަމިގިލީގައި މީހެއްގެ ގައިގެ ފަސް ތަނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ "އަދަދު"އަށް ވިދާޅުވީ މިއަދު ހެނދުނު ހަމަނުޖެހުން ހިނގާފައި ވަނީ އެ ރަށު ދެ މީހެއްގެ ދެމެދުގަ ކަމަށެވެ. އޭގެން އަނިޔާ ލިބިފައި ވަނީ ގާތްގަނޑަކަށް 50 އަހަރުން މަތީ އެ ރަށުގެ މުދިމަކަށް ކަމަށާއި އޭނާއަށް ލިބިފައި ހުރީ ވަރަށް ސީރިއަސް ޒަހަމްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭނާގެ ކަރަށް ވަރަށް ފުންކޮށް ވަޅި ހަރާފައި ހުރި، ގާތްގަނޑަކަށް ތިން އިންޗި ހުންނާނެ އެތަނުގަ. އޭގެ އިތުރުން ބުރަށަށީގެ ހަތަރު ތަނަކަށް ހަމަލާދީ، ޒަހަމްކޮށްލާފައި ހުރި،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އަނިޔާ ލިބުނު މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުންދާއިރު އިތުރު ފަރުވާ ދިނުމަށް ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަން ހިންގަން މެދުވެރިވި ސަބަބު އެނގިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.