Advertisement

ގެލެކްސީ އެސް22ގެ ޕްރީއޯޑާއަށް ބޮޑު ތަރުހީބެއް

7 މާރިޗު 2022 - 08:18 3

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެސް22ގެ ފޯނެއް


ގެލެކްސީ އެސް22ގެ ޕްރީއޯޑާއަށް ބޮޑު ތަރުހީބެއް

7 މާރިޗު 2022 - 08:18 3

ސެމްސަންގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް22 އާއި ގެލެކްސީ އެސް22 އަދި ގެލެކްސީ އެސް22 އަލްޓްރާގެ ޕްރީއޯޑާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް، ސެމްސަންގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު އަދި އޮތޮރައިޒްޑް ސާވިސް ސެންޓަރު، މެކްސްކޮމް ޓެކްނޮލޮޖީސް އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖަ މާކެޓިން އެންޑް ސޭލްސް މުހައްމަދު އާތިފް ވިދާޅުވީ ޕްރީއޯޑަރު ނަގަން ފެށި ފަހުން ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހީކުރި މިންވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ފޯނު ގަތުމަށް ޕްރީއޯޑަކޮށްފައި އެބަ ތިބި ވަރަށް ގިނަ މީހުން. އަދި އަޅުގަނޑުމެންގެ ބައެއް އެޖެންޓުންނާއި، ފޯން ވިއްކާ ބައެެއް ފަރާތްތަކުން ވެސް ގިނަ އަދަދެއްގެ އޯޑަރު ލިބިފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ޕްރީއޯޑާ ފީއެއްގެ ގޮތުގައި 1000ރ. ދައްކަން ޖެހޭނެ އެވެ. ޕްރީއޯޑާ ކުރާ މީހުންނަށް އެއް އަހަރު ދުވަހުގެ އޮފިޝަލް ވޮރަންޓީ އާއި ސްމާޓް ކަވަރެއްގެ އިތުރުން ގެލެކްސީ ބަޑްސް 2 ލިބޭނެ ކަމަށް މެކްސްކޮމްއިން ބުނެ އެވެ.

އެސް22 ސީރީޒްގެ ފޯނުތައް ވިއްކާ އަގުތައް

  • ގެލެކްސީ އެސް22 256ޖީބީ (ފެންޓަމް ބްލެކް) - 19،500ރ.
  • ގެލެކްސީ އެސް22 ޕްލަސް 256ޖީބީ (ބްލެކް، ގްރީން، ޕިންކް ގޯލްޑް) - 23،450ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 256ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 28،900ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 512ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 32،500ރ.

މި ފޯނުތައް ބީއެމްއެލް އިސްލާމިކް، ބީއެމްއެލް އީޒީ ޕޭ، އެމްއެފްއެލްސީ، އަދި އިސްލާމިކް ބޭންކްގެ އިތުރުން އެހެނިހެން އިންސްޓޯލްމަންޓް ސްކީމްތައް މެދުވެރިކޮށް ވެސް ނެގޭނެ އެވެ.

ޕްރީއޯޑާ ކުރި ފަރާތްތަކަށް އަދި އާންމުކޮށް ވެސް މި މަހުގެ މެދުތެރެއިން ފެށިގެން ފޯން ލިބޭނެ ކަމަށް މެކްސްކޮމްއިން ބުނެ އެވެ.