Advertisement

ޓީ10 ކްރިކެޓް މުބާރާތް: ކުއާޓާ އަށް ޓީމުތައް ތައްޔާރު

5 މާރިޗު 2022 - 00:56 0

ޓީ10 ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ސީބީއޭއެމް


ޓީ10 ކްރިކެޓް މުބާރާތް: ކުއާޓާ އަށް ޓީމުތައް ތައްޔާރު

5 މާރިޗު 2022 - 00:56 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިހާރު ކުރިއަށްގެންދާ ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ގްރޫޕް މެޗުތައް ނިމި ކުއާޓާ ފައިނަލަށް ޓީމުތައް ތައްޔާރުވެއްޖެ އެވެ.

މުބާރާތުގައި މިއަދު ކުޅުނީ ގްރޫޕް ސްޓޭޖުގެ ބާކީ ހަަތަރު މެޗެވެ. ފުރަތަމަ މެޗުގައި ނިއުސްޓާ އަތުން ވިޔަންސާ މޮޅުވީ 25 ލަނޑުންނެވެ. ދެ ވަނަ މެޗް ވެސްޓް ސްޕޯޓްސް ކްލަބް އަތުން މޮޅުވީ މިލާން ކްރިކެޓް އެކެޑަމީ އެވެ. މިލާން މެޗު ކާމިޔާބުކުރީ 84 ލަނޑުންނެވެ. ތިން ވަނަ މެޗުގައި މާލޭ ސްޕޯޓްސްއާ ކުޅެގެން މާލޭ ވެޓްރަންސް ކާމިޔާބުކުރީ ތިން ވިކެޓުންނެވެ. ހަތަރު ވަނަ މެޗުގައި ކުޅުނު ނިއުސްޓާ އަތުން ސީބީއެލް ކާމިޔާބުކުރީ މޮޅުވީ އަށް ވިކެޓުންނެވެ.

ގްރޫޕް އޭ އިން ވިޔަންސާ ކުއާޓާ އިން ފުރުސަތު ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. ގްރޫޕް ބީގައި ވާދަކުރި މިލާން ކްރިކެޓް އެކެޑަމީ ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމުނުއިރު، ކޮންމެ ގްރޫޕަކުން ކެޓީ އެންމެ ފުލަށް ދިޔަ ޓީމެވެ. ފުރަތަމަ ގްރޫޕުން ކެޓީ ނިއު ސްޓާ އެވެ. ދެ ވަނަ ގްރޫޕުން މުބާރާތް ނިމުނީ އައިޒީ އަށެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި މާދަމާ ހެނދުނު ފުރަތަމަ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ސީބީއެލް އާއި ވިޔަންސާ އެވެ. އެ މެޗު ފަށާނީ ހެނދުނު 7:30 ގަ އެވެ. ހެނދުނު ކުޅޭ ދެ ވަނަ ކުއާޓާ ފައިނަލުގައި މާލެ ވެޓްރަންސް ބައްދަލުކުރާނީ މާލެ ސްޕޯޓްސްއާ އެވެ. އެ މެޗު އޮތީ 9:00 ގަ އެވެ.

ތިން ވަނަ ކުއާޓާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ 14:00 ގަ އެވެ. މިލާން ކްރިކެޓް އެކެޑަމީ ކުޅޭނީ ވެސްޓް ސްޕޯޓްސް ކްލަބާ އެވެ. އަދި މާދަމާ 15:30 ގައި ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މިލާން ނުކުންނާނީ ވެސްޓާ ދެކޮޅަށެވެ.