Advertisement

ޓީ10 ސްމޭޝްގެ ޗެމްޕިއަނާއި ރަނަރަޕްގެ އިނާމް ފައިސާ ލަންކާ އަށް

7 ޑިސެންބަރު 2025 - 14:24 0


ޓީ10 ސްމޭޝްގެ ޗެމްޕިއަނާއި ރަނަރަޕްގެ އިނާމް ފައިސާ ލަންކާ އަށް

7 ޑިސެންބަރު 2025 - 14:24 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބޭއްވި މޯލްޑިވްސް ޓީ10 ސްމޭޝްގެ ޗެމްޕިއަންކަން ހޯދި ސީބީއެލް ސްޕޯޓްސް އާއި ރަނަރަޕަށް ދިޔަ ވިޗެންޒާ އިން މުބާރާތުގެ އިނާމް ފައިސާ، ތޫފާން "ދީތުވާ" ގައި ހާލުގައި ޖެހުނު ސްރީ ލަންކާގެ ރައްޔިތުންނަށް ހަދިޔާކޮށްފި އެވެ.

ސީބީއެލް އިން ޓީ10 ސްމޭޝްގެ ތަށި ދިފާއުކުރީ ފައިނަލުގައި، ވިޗެންޒާ އަތުން 52 ލަނޑުން މޮޅުވެގެންނެވެ. މިދިޔަ އަހަރު ސީބީއެލް އިން ތަށި ހޯދީ ފައިނަލުގައި، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އަތުން މޮޅުވެގެންނެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ، ޓީ10 ސްމޭޝްގެ ޗެމްޕިއަންކަން ހޯދި ސީބީއެލް އާއި ރަނަރަޕް ވިޗެންޒާ އިން އިނާމް ފައިސާ ސްރީ ލަންކާ އަށް ހަދިޔާ ކުރަން ނިންމިއިރު، މި މުބާރާތުގަައި ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އަދި ރަނަރަޕަށް 2500 ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ކްލަބްތަކުން ބޭނުންވި ގޮތަށް އެ ފައިސާ ސްރީ ލަންކާ އަށް ދޭ ގޮތަށް ކަންކަން އިންތިޒާމް ކުރެވިގެންދިޔަ ކަމަށެެވެ.

މޯލްޑިވްސް ޓީ10 ސްމޭޝް ކުޅެނީ 10 އޯވަރަށް ކޮންމެ އޯވަރެއް 45 މިނިޓް ތެރޭ ފުރިހަމަ ކުރަން ޖެހޭ ގޮތަށެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ސީބީއެލް އިން ވަނީ މާލެ ސްޕޯޓްސް ކްލަބް އަތުން 25 ލަނޑުން މޮޅުވެފަ އެވެ. އަދި، ވިންޗެންޒާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި، އެމްއެސް ހެލްޕިން ހޭންޑާ ދެކޮޅަށް ކުޅުނުއިރު، މެޗު ހުއްޓާލަން ޖެހުނުއިރު، ވިންޗެންޒާ އަށް މެޗު ލިބުމުންނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ވިންޗެންޒާގެ މުހައްމަދު ޝިޔާމް އެވެ.